Ads by PNC

ޚަބަރު

މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ހުރި އުޅަނދުތައް ހޯމަ ދުވަހުން ފެށިގެން ޓޯކުރަން ނިންމައިފި

މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ހުރި އުޅަނދުތައް ހޯމަ ދުވަހުން ފެށިގެން ޓޯކުރަން ނިންމައިފި

އަުޅަނދުތައް ޓޯވް ކުރުން ފޮޓޯ: އެމްއެމްޓީވީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 ފެބްރުއަރީ 2026، 03:21

20 ފެބްރުއަރީ 2026، 03:21

މާލޭގެ މަގުތަކުގެ ތަރުތީބު ރަނގަޅުކޮށް، ދަތުރުފަތުރުކުރުމަށް ހުރި ހުރަސްތައް ނައްތާލުމަށްޓަކައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ހޯމަ ދުވަހުން ފެށިގެން ނަގަން ފަށާނެކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިއުލާނުކޮށްފިއެވެ.

ފުލުހުން މިއަދު ހާމަކުރެއްވި ގޮތުގައި، މި މަހުގެ 23 ވާ ހޯމަ ދުވަހުން ފެށިގެން މާލޭގެ އެކި ސަރަހައްދުތަކުން ޓޯކުރުމަށް ހަމަޖެހިފައިވަނީ ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކާއި، ރަޖިސްޓްރީ ނުކޮށް މަގުމަތީގައި ބަހައްޓާފައި ހުރި އުޅަނދުތަކެވެ. މީގެ އިތުރުން 'އޭ ޒޯން' ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް މާލޭގެ މަގުތަކުގައި ހުރިނަމަ އެ ތަކެތިވެސް ޓޯކުރެވޭނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މަސައްކަތުގެ ދަށުން، މާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައި ހުރި މިފަދަ އުޅަނދުތައް މި މަހުގެ 22 ވާ އާދީއްތަ ދުވަހުގެ ރޭ 23:30 ގެ ކުރިން ނެގުމަށް ފުލުހުން ވަނީ އުޅަނދުތަކުގެ ވެރިފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ. އަދި އެ މުއްދަތުގެ ފަހުން މަގުމަތީގައި ހުންނަ އުޅަނދުތައް ފުލުހުން ކަނޑައަޅާ ވަކި ސަރަހައްދަކަށް ގެންދާނެ ކަމަށްވެސް ފުލުހުންގެ ހިދުމަތުން މައުލޫމާތު ދެއްވައެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، އުޅަނދުތައް ޓޯކޮށްގެން ގެންދިއުމުގެ މަރުހަލާގައާއި، ފުލުހުން ކަނޑައަޅާފައިވާ ތަނެއްގައި ބަހައްޓާފައި ހުންނަ ހުރުމުގައި އުޅަނދަށް ލިބޭ އެއްވެސް ގެއްލުމަކަށް ފުލުހުންގެ ފަރާތުން ޒިންމާ ނުވާނެ ކަމަށެވެ. އަދި ޓޯކުރެވޭ އުޅަނދުތައް އަނބުރާ ގެންދިއުމާއި، އެހެން ތަނަކަށް ބަދަލުކުރުމުގެ ހުރިހާ ޒިންމާއެއް އުފުލަންޖެހޭނީ އުޅަނދުގެ ވެރިފަރާތުން ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ.

މި ފިޔަވަޅަކީ މާލޭގެ މަގުތަކަކީ އެންމެންނަށް އަމާން އަދި ހިނގާބިނގާވެ އުޅުމަށް ފަސޭހަ ތަނަކަށް ހެދުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން އެޅޭ މުހިންމު ފިޔަވަޅެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450