Ads by PNC

ޚަބަރު

ހުޅުމާލޭ މީހުން ދިރުއުޅޭ އެޕާޓްމެންޓެއްގައި އަލިފާން ރޯވެ، 5 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފި

ހުޅުމާލޭ މީހުން ދިރުއުޅޭ އެޕާޓްމެންޓެއްގައި އަލިފާން ރޯވެ، 5 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފި

އަލިފާންރޯވި އެޕާޓްމެންޓްގެ އެތެރެ. ފޮޓޯ: ޑިޒާސްޓަރ މެެނޭޖްމަންޓް ސެންޓަރ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 ފެބްރުއަރީ 2026، 10:54

21 ފެބްރުއަރީ 2026، 10:54

ހުޅުމާލޭގެ މީހުން ދިރިއުޅޭ އެޕާޓްމެންޓެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން ހާލުގައި ޖެހުނު ފަސް މީހަކަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.

އެންޑީއެމްއޭއިން މައުލޫމާތު ދެއްވި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ރޭ 23:00 ހާއިރު، ހުޅުމާލެ ފޭސް އެކެއްގައި ހުންނަ ވަން އެވެނިއު އިމާރާތުގެ ހަތްވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައެވެ. މި ހާދިސާގައި އެ އެޕާޓްމަންޓުގެ ބަދިގެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިން ފަސް މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހަކާއި ނޭވާހިއްލާ ބަލި ހުންނަ ކުޑަކުއްޖަކު ހިމެނޭކަން އެންޑީއެމްއޭއިން ފާހަގަކުރެއްވިއެވެ. ނަސީބަކުން މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައެއް ނުވެއެވެ.

އަލިފާނުގެ ސަބަބުން އެ އެޕާޓްމަންޓުގެ މުދަލަށް ލިބުނު ގެއްލުންތަކުގެ ތަފްސީލު ބެލުމުގެ މަސައްކަތް އެންޑީއެމްއޭއިން މިހާރު ދަނީ ކުރަމުންނެވެ. މިއީ މި ހިނގާ ފެބްރުއަރީ މަހުގެ ތެރޭގައި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހިނގި އަލިފާނުގެ ދެވަނަ ހާދިސާއެވެ.

މި މަހުގެ ފުރަތަމަ ދުވަހުވެސް ހުޅުމާލެ ފޭސް އެކެއްގެ ޗަނބޭލީމަގު، ގޯޅި 5 ގައި ހުންނަ ގެއެއްގެ ތިރީގައި ހުރި ގުދަނެއްގައި ރޯވެ، 25 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހުނުކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450