Ads by PNC

ޚަބަރު

ސުނާމީ ބިނާ ސަރަޙައްދުގައި ކުޑަކުއްޖަކަށް އަނިޔާކުރި މީހަކު ޖަލަށްލުމަށް ޙުކުމްކޮށްފި

ސުނާމީ ބިނާ ސަރަޙައްދުގައި ކުޑަކުއްޖަކަށް އަނިޔާކުރި މީހަކު ޖަލަށްލުމަށް ޙުކުމްކޮށްފި

ކްރިމިނަލް ކޯޓު / ފޮޓޯ: ދައުރު

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

21 ފެބްރުއަރީ 2026، 02:11

21 ފެބްރުއަރީ 2026، 02:11

ސުނާމީ ބިނާ ސަރަޙައްދުގައި ކުޑަކުއްޖަކަށް އަނިޔާކުރި މީހަކު 8 މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

މިދިޔަ އަހަރުގެ ސެޕްޓެންބަރުމަހު ހިނގި މި ހާދިސާއާ ގުޅިގެން ހައްޔަރުކުރީ ވ. ރަކީދޫ، ވިލާޑީލައިޓް، އިބްރާހީމް ނާއިލްއެވެ. އޭނާ ހައްޔަރުކުރީ ސުނާމީ ބިނާ ސަރަހައްދުގައި ހުރި ކުޑަކުއްޖަކު އެ ތަނުން ނުދެވޭ ގޮތަށް ހިފަހައްޓައި، އަނިޔާކުރި މައްސަލައިގައެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް ދައުލަތުން ވަނީ ދެ ދަޢުވާއެއް އުފުލާފައެވެ. އެއީ އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާ އާއި ރުހުމެއް ނެތި އެކަށީގެންވާ މުއްދަތަށް މީހަކު ހިފެހެއްޓުމުގެ ދަޢުވާއެވެ. 

ނާއިލްގެ މައްޗަށް މިދިޔަ ހަފްތާގައި ކްރިމިނަލް ކޯޓުން ކުރި ޙުކުމުން އެނގޭ ގޮތުގައި އޭނާ ވަނީ ދަޢުވާތަކަށް އިއުތިރާފުވެ، ދައުލަތާ އެކު އިޢުތިރާފް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ޝަރީއަތުން އަދަބު ކަނޑައެޅީ އެ އެއްބަސްވުމުގައިވާ ގޮތުގެ މަތިންނެވެ.

އެގޮތުން މީހަކަށް އަނިޔާއެއް ދިނުމުގެ ކުށަށް 1 މަހާއި 6 ދުވަހުގެ ޙުކުމެއް އިއްވިއިރު މީހެއްގެ ނުރުހުމުގައި އެމީހަކު ހިފެހެއްޓުމުގެ ކުށަށް 7 މަހާއި 6 ދުވަހުގެ ޖަލު ޙުކުމެއް ވަނީ އިއްވާފައެވެ. އަދި އޭނާ ތަހުގީގު މަރުހަލާގައި ޖަލުގައި ހޭދަކުރި ދުވަސްތައް ކެނޑުމަށްފަހު ތަންފީޒު ކުރަން ޖެހެނީ 6 މަހާއި 1 ދުވަހުގެ ޙުކުމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450