Ads by PNC

ޚަބަރު

ބަންދުކޮށްފައި ހުރި މީހަކު ސަލާމަތްކޮށް، އެ މައްސަލާގައި ބީދޭސީއަކު ހަޔަރުކޮށްފި

ބަންދުކޮށްފައި ހުރި މީހަކު ސަލާމަތްކޮށް، އެ މައްސަލާގައި ބީދޭސީއަކު ހަޔަރުކޮށްފި

މީހަކު ބަންދުކުރި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

21 ފެބްރުއަރީ 2026، 03:29

21 ފެބްރުއަރީ 2026، 03:29

މާލޭގެ ތަނެއްގައި ބަންދުކޮށްފައި ހުރި މީހަކު ސަލާމަތްކޮށް، އެ މައްސަލާގައި ތުހުމަތު ކުރެވޭ ބީދޭސީއަކު ދިވެހި ފުލުހުންގެ ޚިދުމަތުން ހަޔަރުކޮށްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މީހަކު ހިފަހައްޓައިގެން އުޅޭ ކަމުގެ މި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ މެންދަމު 01:22ގައެވެ. 

މި ރިޕޯޓު ލިބުމާ ގުޅުގެން ފުލުހުން ކުރި މަސައްކަތުން އެ މީހާ ހުރިތަން ހޯދައި ސަލާމަތްކުރީ، ބާރުގެ ބޭނުންކޮށްގެން އެތަނަށް ވަނުމަށްފަހުގައި ކަމަށް ފުލުހުން ހާމަކުރެއެވެ. އެ މީހާ ސަލާމަތް ކުރެވުނީ އެ ރޭގެ ގާތްގަނޑަކަށް 02:29 ހާއިރެވެ.

އަދި ސަލާމަތްކުރިއިރު، ހައްޔަރުކޮށްފައި ހުރި މީހާގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތްކަމަށް ފުލުހުން ހާމަކުރެއެވެ. 

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ބަނގުލަދޭޝްއަށް ނިސްބަތްވާ، އުމުރުން 35 އަހަރުގެ އިޤުބާލް މިއާއެވެ. 

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި އިޤުބާލް މިއާއަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ މީހެކެވެ.

ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450