Ads by PNC

ޚަބަރު

މިދިޔަ އަހަރުގެ ފަހު ހަ މަހު އެޗްއާރްސީއެމްއަށް 426 މައްސަލައެއް ހުށަހަޅައިފައިވޭ

މިދިޔަ އަހަރުގެ ފަހު ހަ މަހު އެޗްއާރްސީއެމްއަށް 426 މައްސަލައެއް ހުށަހަޅައިފައިވޭ

ހިޔުމަން ރައިޓްސް ކޮމިޝަންގެ އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 ފެބްރުއަރީ 2026، 10:52

21 ފެބްރުއަރީ 2026، 10:52

މިދިޔަ އަހަރުގެ ފަހު ހަ މަސް ދުވަހުގެ ތެރޭގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ޖުމްލަ 426 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ހާމަކޮށްފިއެވެ. އެ ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މައްސަލަތަކަކީ މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ޑިސެންބަރު މަހުގެ ނިޔަލަށް ހުށަހެޅިފައިވާ މައްސަލަތަކެވެ.

އެޗްއާރްސީއެމްއިން ވިދާޅުވި ގޮތުގައި، ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 196 މައްސަލައެއްގެ ތަހުގީގު ވަނީ އެ މުއްދަތުގެ ތެރޭގައި ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރޭގައި އިންސާނީ ހައްގުތަކާ ގުޅޭ 173 މައްސަލައެއްގެ އިތުރުން، އެންޓި ޓޯޗާ ގާނޫނުގެ ދަށުން ހުށަހެޅިފައިވާ 23 މައްސަލައެއް ހިމެނެއެވެ. އަދި މިދިޔަ އަހަރުގެ ފަހު ހަ މަހު ޖުމްލަ 306 މައްސަލައެއް ބަލައި ނިންމާފައިވާއިރު، އެއް މައްސަލައެއްގައި ދައުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

ކޮމިޝަނުގެ ތަފާސްހިސާބުތަކުން އިތުރަށް ދައްކާ ގޮތުގައި، އެ މުއްދަތުގައި 307 މައްސަލައެއްގެ ތަހުގީގު ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން، އެޗްއާރްސީއެމްގެ ވިސިލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓަށް ވެސް ގިނަ އަދަދެއްގެ މައްސަލަތަކެއް ވަނީ ހުށަހަޅާފައެވެ.

ވިސިލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓަށް ހުށަހެޅުނު 43 މައްސަލައިގެ ތެރެއިން 8 މައްސަލައެއް ބަލައި ނިންމާފައިވާއިރު، 23 މައްސަލައެއްގެ މައުލޫމާތު ވަނީ ކަމާބެހޭ އެހެން އިދާރާތަކާ ހިއްސާކޮށްފައެވެ. މި ޔުނިޓަށް ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ދައުލަތުގެ މަގާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލަތަކެވެ. އެގޮތުން އެ ބާވަތުގެ 26 މައްސަލައެއް ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން ވިސިލްބްލޯވާ ޔުނިޓަށް ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ގާނޫނީ ޒިންމާ އަދާނުކުރުމުގެ 6 މައްސަލައަކާއި، އިންސާނީ ހައްގުތަކާ ހިލާފުވުމުގެ 6 މައްސަލައެއްގެ އިތުރުން ކޮރަޕްޝަންގެ އެއް މައްސަލަ ހިމެނެއެވެ. އަދި އެހެނިހެން ބާވަތުގެ 3 މައްސަލައެއް ވެސް އެ ޔުނިޓަށް ވަނީ ހުށަހަޅާފައެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450