Ads by PNC

ޚަބަރު

އެއަރ އިންޑިއާގެ ދަތުރުތައް ރާއްޖެއަށް ފެށިތާ 50 އަހަރު ފުރިއްޖެ

އެއަރ އިންޑިއާގެ ދަތުރުތައް ރާއްޖެއަށް ފެށިތާ 50 އަހަރު ފުރިއްޖެ

އެއަރ އިންޑިއާ ފްލައިޓް ރާއްޖެއިން ފުރަނީ / ފޮޓޯ: އެމްއޭސީއެލް

farudhun logo

ފަރުދުން

21 ފެބްރުއަރީ 2026، 10:55

21 ފެބްރުއަރީ 2026، 10:55

އިންޑިއާގެ ގައުމީ އެއަރލައިން، އެއަރ އިންޑިއާގެ ދަތުރުތައް ރާއްޖެއަށް ފެށިތާ 50 އަހަރު ފުރިއްޖެއެވެ. 

މި ތާރީޙީ ކާމިޔާބީ ފާހަގަކުރުމަށް މިއަދު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. 

އަދި މިއަދު ރާއްޖެ އައި އެއާ އިންޑިއާގެ ފްލައިޓަށް ވަނީ ވޯޓަރ ސަލިއުޓެއް އަރުވައި ހޫނު މަރުޙަބާއެއް ކިޔާފައެވެ. 

މިއަދު އައި އެއަރ އިންޑިއާ ފްލައިޓުން ވަނީ ޖުމްލަ 139 ފަސިންޖަރުން ރާއްޖެއަށް ދަތުރުކޮށްފައެވެ. މި ފްލައިޓުން ރާއްޖެ އައި ހުރިހާ ފަސިންޖަރުންނަށް މަރުޙަބާ ކިޔުމުގެ ގޮތުން ފިނިފެންމަލާއި ކުކީޒް ވަނީ ހަދިޔާކޮށްފައެވެ.

އެއަރ އިންޑިއާއަކީ ދިވެހި ރާއްޖެއަށް އިންޑިއާއިން އަންނަން ފެށި ފުރަތަމަ އެއަރ ލައިނެވެ. އެ އެއަރލައިނުން ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރެއް ކުރީ 21 ފެބްރުއަރީ 1976 ގައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450