ވިޔަފާރި / ޚަބަރު

އެސްޓީއޯ އިން ވިއްކާ އަސާސީ ކާބޯތަކެތީގެ އަގުތައް އޮންލައިންކޮށް ބަލާލެވޭ

އެސްޓީއޯ އިން ވިއްކާ އަސާސީ ކާބޯތަކެތީގެ އަގުތައް އޮންލައިންކޮށް ބަލާލެވޭ

އެސްޓީއޯ ފޮޓޯ: އެޑިޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 ފެބްރުއަރީ 2026، 10:59

22 ފެބްރުއަރީ 2026، 10:59

 ރަމަޟާން މަހު، ބާޒާރުގައި ކާބޯތަކެތީގެ އަގުތައް ހިފެހެއްޓުމަށާއި ރައްޔިތުންނަށް ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދިނުމަށްޓަކައި، އެސްޓީއޯ (ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން) އިން އަސާސީ ކާބޯތަކެތީގެ އަގުތައް އާންމުކޮށްފިއެވެ.

ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، ބާޒާރުގައި ތަކެތީގެ އަގު އުފުލުން ކޮންޓްރޯލްކުރުމަށްޓަކައި އެސްޓީއޯއިން ވަނީ މޭވާ އާއި ތަރުކާރީގެ އިތުރުން ބައެއް އަސާސީ ބާވަތްތައް ވިއްކާނެ ރީޓެއިލް އަގުތައް ކަނޑައަޅާފައެވެ. މިގޮތުން އާންމުކުރި ލިސްޓުގައި ހިމެނޭ ބައެއް މުހިންމު ބާވަތްތަކުގެ އަގުތަކަކީ:

މޭވާގެ ބާވަތްތައް (ކިލޯއަކުން):

  • ކެޔޮ: 30 ރުފިޔާ
  • ފެހި އާފަލު: 40 ރުފިޔާ
  • ރަތް އާފަލު: 42 ރުފިޔާ
  • އޮރެންޖު: 40 ރުފިޔާ
  • ކަނޑޫމޫ (ވޯޓާމެލަން): 17 ރުފިޔާ
  • ލިނބޯ: 22 ރުފިޔާ


ތަރުކާރީގެ ބާވަތްތައް (ކިލޯއަކުން):

  • ފިޔާ: 12 ރުފިޔާ
  • އަލުވި: 14 ރުފިޔާ
  • ކެރެޓް: 37 ރުފިޔާ
  • ކޮޕީފަތް: 75 ރުފިޔާ
  • ލޮނުމެދު: 35 ރުފިޔާ
  • އިނގުރު: 30 ރުފިޔާ
  • ބޮނޑިކޮޕީ (ކެބެޖު): 19 ރުފިޔާ


މީގެ އިތުރުން، ބިހެއް 2 ރުފިޔާއަށް ލިބޭނެ ކަމަށާއި، މުގު ކިލޯއެއް 42 ރުފިޔާއަށް އަދި ކާށި ކިލޯއެއް 25 ރުފިޔާއަށް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެތި ހެޔޮ އަގުގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ފަށާފައިވާ މަސައްކަތެކެވެ. 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން 23 ބާވަތެއްގެ މުދާ ހޯލްސޭލްކޮށް އެތެރެކޮށް، އަގުތައް ހިފެހެއްޓުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މި އަގުތަކުގެ ތަފްސީލް އިކޮނޮމިކް މިނިސްޓްރީގެ "އަގުމަގު" ޕޯޓަލް މެދުވެރިކޮށް އާންމުންނަށް ބަލާލެވޭނެއެވެ.

1447 ވަނަ އަހަރުގެ ރޯދަމަހާ ދިމާކޮށް، މާލެ، ހުޅުމާލެ، އަދި ވިލިމާލޭގެ އިތުރުން އަތޮޅުތެރޭގެ އެކި ރަށްރަށުގައި ހުރި އެސްޓީއޯގެ ފިހާރަތަކުން މި ތަކެތި ލިބެން ހުންނާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ. އަދި ޑިމާންޑް ބޮޑުވާ ވަގުތުތަކުގައި ތަކެތީގެ އަގު އުފުލުނު ނުދިނުމަށްޓަކައި ވިޔަފާރިވެރިންނާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެސްޓީއޯއިން ހާމަކުރެއެވެ.

އެސްޓީއޯ އިން ވިއްކާ ތަކެތީގެ އަގު ބަލާލަން :  https://sto.mv/essential-food-items-price-list



Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450