Ads by PNC

ޚަބަރު

ސަރުކާރުގެ ރޯދަ ހަދިޔާ: މާލޭ ސަރަޙައްދުގެ 54،400 އަށްވުރެ ގިނަ ގޭބިސީއަށް މަސްދަޅު ކޭސް ދޫކޮށްފި

ސަރުކާރުގެ ރޯދަ ހަދިޔާ: މާލޭ ސަރަޙައްދުގެ 54،400 އަށްވުރެ ގިނަ ގޭބިސީއަށް މަސްދަޅު ކޭސް ދޫކޮށްފި

މަސްދަޅު ކޭސް ބަހާ މަރުކަޒެއް. ފޮޓޯ: ފަރުދުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ފެބްރުއަރީ 2026، 11:33

22 ފެބްރުއަރީ 2026، 11:33

ރޯދަ މަހުގެ ހަދިޔާގެ ގޮތުގައި ސަރުކާރުން ރައްޔިތުންނަށް ބަހަމުންދާ މަސްދަޅު ކޭސްތަކުގެ ތެރެއިން، މާލޭ ސަރަޙައްދުގެ 54،400 އަށްވުރެ ގިނަ ގޭބިސީއަށް މިހާތަނަށް މަސްދަޅު ކޭސް ދޫކޮށްފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މާލޭ ސަރަޙައްދުގައި މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ މާރިޗު މަހުގެ 24 ވަނަ ދުވަހުއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، ރޭގެ ނިޔަލަށް މާލެ ސަރަހައްދުގެ ޖުމްލަ 54،454 ގޭބިސީއަކަށް ވަނީ މަސްދަޅު ކޭސް ހަވާލުކޮށްފައެވެ. މިއީ ރޯދަ މަހާ ދިމާކޮށް ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.

އަތޮޅުތަކުގެ ރަށްތަކުގައިވެސް މި މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާކަން ފާހަގަކުރައްވައި އެ ވުޒާރާއިން ވިދާޅުވީ، ރަށްރަށުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށެވެ. މީގެ އިތުރުން، އެކި ސަބަބުތަކާހުރެ މިހާތަނަށް މަސްދަޅު ކޭސް ނުނެގިވާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން މާލެއާއި ހުޅުމާލޭގައި ވަނީ އިތުރު އިންތިޒާމުތަކެއް ހަމަޖައްސާފައެވެ.

އަލަށް ހަމަޖެއްސި އިންތިޒާމުތަކުގެ ދަށުން، ސިޓީތަކާބެހޭ ވުޒާރާގެ ޕަބްލިކް ވަރކްސް ފެންޑާ (މާފަންނު ޓްރެކް ދަނޑު ކައިރި) އިންނާއި، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ހުންނަ މިފްކޯގެ ފިހާރަތަކުން މަސްދަޅު ކޭސް ދޫކުރުން ކުރިއަށްދާނެއެވެ. މި ތަންތަނުން މަސްދަޅު ކޭސް ދޫކުރަމުންދާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ރޭގަނޑު 09:30 އިން 11:00 އަށެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450