ޚަބަރު
މާފުށްޓާއި މަންތާފުށި ގުޅުވައިދޭ ބްރިޖްގެ މަސައްކަތް ހަލުވިކަމާއެކު ދަނީ ކުރިއަށް: އެމްޓީސީސީ
މަޝްރޫޢުގެ އަދާހަމަ/ފޮޓޯ: އެމްޓީސީސީ
ކ. މާފުށްޓާއި މަންތާފުށި ގުޅުވައިދޭ ބްރިޖްގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން މިހާރު ޕްރީ ކާސްޓް ކޮންކްރީޓް ބޮލޮކްގެ ފުރަތަމަ ޝިޕްމެންޓް އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ކަލްވާޓް ޕްރީކާސްޓް މަސައްކަތްތައް ކުރިއަށްދާ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.
މާފުށީ ފަޅުތެރޭގައި ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލާފައި ވަނީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ. އެގޮތުން، މާފުށި ފަޅުތެރެއިން 25 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، އެ ބިމަކީ މާފުށްޓާ ކައިރީގައި ވަކި ރަށެއްގެ ގޮތުގައި ހިއްކާފައިވާ ބިމެއްކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ. އެ ތަނަށް ކިޔަނީ މަންތާފުއްޓެވެ. މި ސަރަޙައްދުން މާފުށީގެ ރައްޔިތުންނަށް ބޯހިޔާވަހިކަމަށް ކައުންސިލުން ވަނީ ބިން ދޫކޮށްފައެވެ.
މާފުށްޓާއި މަންތާފުށި ބްރިޖަކުން ގުޅާލުމުގެ މަސައްކަތް 2022 ވަނަ އަހަރު އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، އެ މަސައްކަތް އަލުން ފަށާފައިވަނީ މި ސަރުކާރުންނެވެ.
Project Update: Design and Build of K.Maafushi New Reclamation Connection Bridge
— MTCC Plc (@MTCCPlc) February 22, 2026
The first shipment of pre-cast concrete blocks have been delivered. Culvert precast works are currently ongoing at the project site.
Follow more updates at: https://t.co/SfVAzkW2pp#MTCCProjects… pic.twitter.com/WVwc0GCA78