Ads by Exprox

ޚަބަރު

ރާއްޖެއަށް ޕޭޕަލް ތަޢާރަފްކުރުމަށް ޕްރޮޕޯސަލް ހުށައަޅައިފި!

ރާއްޖެއަށް ޕޭޕަލް ތަޢާރަފްކުރުމަށް ޕްރޮޕޯސަލް ހުށައަޅައިފި!

އިޤްތިޞާދީ ވަޒީރު މުޙައްމަދު ސައީދު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ސެޕްޓެމްބަރު 2024، 04:20

01 ސެޕްޓެމްބަރު 2024، 04:20

ރާއްޖެއަށް ޕޭޕަލް ތަޢާރަފްކުރުމަށް ދިވެހި ސަރުކާރުން މިދިޔަ ހަފުތާގައި ޕޭޕަލް ކުންފުންޏަށް ޕްރޮޕޯސަލް ހުށައަޅައިފައިވާކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

ދަައުލަތުގެ ޓީވީގައި ވާހަކަ ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ އެ ޕްރޮޕޯސަލް ކުންފުންޏަށް ފޮނުވާފައިވަނީ މީގެ 3 ދުވަސް ކުރިން ކަމަށެވެ. އެއާއިއެކު، ވަރަށް އަވަހަށް މިކަމާއި ގުޅޭ އެއްބަސްވުމަކާއި ހަމައަށް އާދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ.

އަޅުގަނޑުމެން މި އިންތިޒާރު ކުރަނީ ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ކޮންމެވެސް ކަހަލަ އެއްބަސްވުމަކަށް އަޅުގަނޑުމެންނަށް އާދެވޭނެ ކަމަށް. ސީދާ އަޅުގަނޑު ނެތިން ދަންނަވާކަށް މިވެނި ދުވަހަކުއޭ ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ފެއްޓޭނީ. އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ ޕޭޕަލް ރާއްޖެ އަށް ގެނެވޭނެ އަޅުގަނޑުމެންނަށް - ވަޒީރު ސަޢީދު ވިދާޅުވެފައިވެއެވެ.

ރާއްޖެ އަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރުމަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

މި ޚިދުމަތް ރާއްޖެ އަށް ތަޢާރަފް ކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ވަޒީރު ސަޢީދު ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު، ޕޭޕަލްގެ ގްލޯބަލް މާކެޓިންގެ ރައީސްއާ މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ.

ޕޭޕަލްއަކީ އޮންލައިންކޮށް ޕޭމަންޓްގެ ޚިދުމަތްތަކާއި، ބައިނަލްއަޤްވާމީ ފައިސާ ޓްރާންސްފަރ އަދި ވިޔަފާރީގެ ޙައްލުތައް ފޯރުކޮށްދޭ ކުންފުންޏެކެވެ. މި ކުންފުނި މަޝްހޫރުވެފައިވަނީ ރައްކާތެރި މުޢާމަލާތްތަކާއި، ހަރުދަނާ ސެކިއުރިޓީ ފިޔަވަޅުތަކާއި، އެކި އީ-ކޮމާސް ޕްލެޓްފޯމްތަކާއެކު އިންޓަގްރޭޓްވެފައިވާތީއެވެ.

ޕޭޕަލް އަކީ ދުނިޔޭގެ އެންމެ މަޝްހޫރު އޮންލައިން ޕޭމަންޓް ޕްލެޓްފޯމްތަކުގެ ތެރެއިން އެއް ޕްލެޓްފޯމެވެ. 

 

މި ލިޔުން ކިޔާލުމުން

Ads by Stelco