Ads by PNC

ޚަބަރު / ވިޔަފާރި

މި މަހުގެ މިހާތަނަށް ރާއްޖެއަށް 2 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

މި މަހުގެ މިހާތަނަށް ރާއްޖެއަށް 2 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

ފަތުރުވެރިންތަކެއް ރާއްޖޭގައި/ފޮޓޯ: ގާފު އެމްވީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

23 ފެބްރުއަރީ 2026، 10:22

23 ފެބްރުއަރީ 2026، 10:22

މި މަހުގެ މިހާތަނަށް ރާއްޖެއަށް 2 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ ވުޒާރާއިން ވިދާޅުވީ، ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ފެބްރުއަރީ މަހު ރާއްޖެއަށް އެވްރެޖްކޮށް ޒިޔާރަތްކޮށްފައި ވަނީ އެއްލައްކަ ހަތްދިހަ ހާހެއްހާ ފަތުރުވެރިން ކަމަށެވެ.

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ މިހާތަނަށް ރާއްޖެއަށް 200،971 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. އެހެންކަމުން، މިއީ ވޭތުވެދިޔަ 2 އަހަރާ އަޅާބަލާއިރު އިތުރުވުމެއްކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ. ހަމަ އެއާއެކު، 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް 174،360 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، 2024 ވަނަ އަހަރު ޒިޔާރަތްކޮށްފައިވަނީ 170،520 ފަތުރުވެރިންނެވެ.

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން އިތުރަށް ވިދާޅުވީ، މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ޢަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައި ވަނީ ރާއްޖޭގެ އެކި ރިސޯޓްތަކުގައި ކަމަށެވެ. އަދި 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ. ހަމަ އެއާއެކު، ހޮޓެލްތަކާއި، ސަފާރީތަކުގައިވެސް ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުވެފައިވާކަން އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ރާއްޖެއަށް 8،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450