Ads by PNC

ޚަބަރު

ތިނަދޫގެ ތަރައްޤީއަކީ ޕީއެންސީގެ ފިކުރުން އުފަންވެގެން އައި ތަރައްޤީއެއް: ވަޒީރު ޝަހީމް

ތިނަދޫގެ ތަރައްޤީއަކީ ޕީއެންސީގެ ފިކުރުން އުފަންވެގެން އައި ތަރައްޤީއެއް: ވަޒީރު ޝަހީމް

ތިނަދޫ ސިޓީގެ މާލޭ އޭރިއާ ކެމްޕެއިން އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވަޒީރު ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ޕީއެންސީ

farudhun logo

ފަރުދުން

24 ފެބްރުއަރީ 2026، 12:20

24 ފެބްރުއަރީ 2026، 12:20

ގދ. ތިނަދޫއަށް އައިސްފައިވާ ތަރައްޤީއަކީ މިހާރު ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފިކުރުން އުފަންވެގެން އައި ތަރައްޤީއެއްކަމަށް އިސްލާމީ ކަންތަައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. 

ވަޒީރު މިފަދައިން ވިދާޅުވީ، ތިނަދޫ ސިޓީގެ މާލޭ އޭރިއާ ކެމްޕެއިން އޮފީސް ހުޅުވުމަށް ހޯމަ ދުވަހުގެރޭ މާލޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ވަޒީރުގެ ވާހަކަފުޅުގައި އެ މަނިކުފާނު ވަނީ ޤައުމުގެ ޙާލަތަށް އަލިއަޅުވާލާ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އިޖުތިމާޢީ ގޮތުންނާއި، ދީނީ ގޮތުންނާއި އަދި އިޤުތިޞާދީ ގޮތުން ވެސް ދިވެހިރާއްޖޭގެ މިސްރާބު ހުރީ ރަނގަޅަށްކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ޕީއެންސީގެ ކެނޑިޑޭޓުންނަށް ވޯޓުދޭން ޖެހޭކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އަދި ތިނަދޫގެ ރައްޔިތުން ޕީއެންސީގެ ކެނޑިޑޭޓުންނަަށް ވޯޓު ދޭން ޖެހެނީ، ތިނަދޫ މިއަދު ދެކޭ ތަރައްޤީއަކީ ޕީއެންސީގެ ފިކުރުން އުފަންވެގެން އައި ތަރައްޤީއަށް ކަމުގައި ވާތީކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އެކަން އިތުރަށް އޮޅުންފިލުވާ ދެއްވަމުން އެ މަނިކުފާނު ވިދާޅުވީ، ތިނަދޫގެ އުތުރާއި ދެކުނުން ފެންނަ ތަރައްޤީއަކީ ޕީއެންސީ ފިކުރުގެ ތެރެއިން އައި ތަރައްޤީއެއް ކަމަށެވެ. އެގޮތުން ބަނދަރަށް ބަލާލިނަމަވެސް، ހިއްކާފައި އޮތް ތަނަށް ބަލާލިނަމަވެސް އަދި އިސްލާމީ މަރުކަޒަށް ބަލާލި ނަމަވެސް އެކަން ހާމަވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. 

"އެއީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ކުރިން ހައުސިން މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އިރު ކުރިއަށް ގެންދިޔަ ކިތަންމެ ޕްރޮޖެކްޓެއްގެ އަސަރު ތިނަދޫ ސިޓީގެ ތެރެއިން ފެންނަން ހުންނާނެ. މިކަމަށް ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދު ވެސް ހެކިވެވަޑައިގަންނަވާނެ. ރައީސް މުއިއްޒު ތިނަދުއަށް ވަރަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވާ" ވަޒީރު ޝަހީމް ވިދާޅުވިއެވެ.

އަދި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ފަރާތުން ތިނަދޫ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ މުޙައްމަދު އަޖީބަކީ އެ ސިޓީގެ ރައްޔިތުންނަށް ލިބޭނެ ޖަވާހިރެއް ކަމަށާއި ތިނަދޫގެ ޒުވާން ޖީލު ތަރުބިއްޔަތު ކުރުމުގައި ނަމޫނާ ދެއްކެވި ބޭފުޅެއްކަން އެ މަނިކުފާނު ފާހަގަކުރެއްވެވިއެވެ. 

މޭޔަރަށް އަޖީބު އިންތިހާބު ކުރުމުގެ އިތުރުން، ތިނަދޫ ސިޓީ ކައުންސިލަށް ޕީއެންސީގެ ކެނޑިޑޭޓުން އިންތިހާބު ކޮށްދިނުމަކީ ރައްޔިތުންގެ ވަރަށް މުހިންމު މަސްއޫލިއްޔަތެއް ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެ ހުރިހާ ކެނޑިޑޭޓުންނަކީ ވެސް ތަހުޒީބު، ގާބިލް، ސުލްހަވެރި ކަމަށް ލޯބި ކުރާ ބައެއްކަން ވަނީ ފާހަގަ ކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450
ދ

ދިރާސާ

24/02/2026 13:38

އަނެއްދޮގު ތި ހެދީ ޕީއެންސީ ވުޖޫދުވިއިރު ތިނަދޫ ހަމަ އެގޮތުގައި ދެމިއޮތް