Ads by PNC

ޚަބަރު

ވޯޓު ސިއްރު ކުރާށާއި، ވޯޓުލުމުގެ ޙައްޤު ގެއްލިދާނެފަދަ ފަރާތްތަކުން ރީ-ރެޖިސްޓްރީ ކުރަން ހުޅުވާލައިފި

ވޯޓު ސިއްރު ކުރާށާއި، ވޯޓުލުމުގެ ޙައްޤު ގެއްލިދާނެފަދަ ފަރާތްތަކުން ރީ-ރެޖިސްޓްރީ ކުރަން ހުޅުވާލައިފި

އީސީގެ އިންތިހާބެއްގައި ވޯޓު ގުނުން ކުރިޔަށްދަނީ / ފޮޓޯ: އީސީ

farudhun logo

ފަރުދުން

24 ފެބްރުއަރީ 2026، 10:18

24 ފެބްރުއަރީ 2026، 10:18

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާ ފަރާތްތަކުގެ ތެރެއިން ވޯޓު ސިއްރު ނުވެދާނެކަމަށް ބެލެވޭ ފަރާތްތަކަށާއި، ވޯޓުލާން ރެޖިސްޓްރީވި ފޮށީގެ ގޮތުން ވޯޓުލުމުގެ ޙައްޤު ގެއްލިދާނެކަމަށް ބެލެވޭ ފަރާތްތަކަށް ރީ-ރެޖިސްޓްރޭޝަން ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ ފަރާތްތަކަށް އެ ނޫން ފޮށްޓަކަށް ވޯޓުލުމަށް ރަޖިސްޓްރީ ވުމަށާއި، ވޯޓުލުމަށް ރަޖިސްޓްރީވި ނަމަވެސް ވޯޓު ފޮށި ބެހެއްޓުމަށް ކަނޑައެޅިފައިވާ އަދަދަށް މީހުން ހަމަނުވުމުގެ ސަބަބުން އެހެން ފޮށްޓަކަށް ރެޖިސްޓްރީވާން ހުޅުވާލި ފުރުސަތެކެވެ.

އިލެކްޝަން ކޮމިޝަނުން ވަނީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓަށް، ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ މީހުންގެ މަޢުލޫމާތު ހިމެނޭ ލިސްޓެއް ޢާންމުކޮށްފައެވެ.  އަދި އެ ލިސްޓުގައިވާ މީހުން، ވޯޓު ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ އެހެން ތަނަކަށް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. 

އެ ފުރުޞަތު ހުޅުވާލާފައިވަނީ، އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 1:30އާ ހަމައަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ، އެކަށީގެންވާ ވަރަށް މީހުން ރީ-ރަޖިސްޓްރީކޮށްފައި ނުވާތީ ސިނާޢީ ސަރަހައްދާއި، ރާއްޖެއިން ބޭރު އެއްވެސް ޤައުމެއްގައި ވޯޓުފޮށި ނުބަަހައްޓަން ނިންމާފައެވެ. 

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، އެ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ވެފައިވާ ތަން ބަދަލު ކުރެވޭނީ، އެ ފޮށިތަކަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލު ނުކޮށްފިނަމަ މި ފަރާތްތަކަށް ވޯޓު ލެވޭނީ ރަށްވެހިވެފައިވާ ރަށުގައި ކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވިއެވެ.

ރީ - ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ އިލެކްޝަންސް ކޮމިޝަނުގެ 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' ނުވަތަ 'މައި ޕޯޓަލް' މެދުވެރިކޮށް އޮންލައިންކޮށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450