Ads by PNC

ޚަބަރު

އެސްޓީއޯއިން ވިއްކާ ފިޔާ އަދި އަލުވީގެ އަގު ހެޔޮކޮށްފި

އެސްޓީއޯއިން ވިއްކާ ފިޔާ އަދި އަލުވީގެ އަގު ހެޔޮކޮށްފި

އެސްޓީއޯއިން ވިއްކާ ފިޔާ އަދި އަލުވީގެ އަގު ހެޔޮކުރުން---

farudhun logo

ފަރުދުން

25 ފެބްރުއަރީ 2026، 10:25

25 ފެބްރުއަރީ 2026، 10:25

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އިން ވިއްކާ ފިޔާ އަދި އަލުވީގެ އަގު ހެޔޮކޮށްފިއެވެ.

މި ބަދަލާ ގުޅިގެން މަޢުލޫމާތު ޚިއްޞާ ކުރަމުން އެސްޓީއޯއިން ބުނީ، 25 ފެބުރުއަރީ 2026 ވާ ބުދަ ދުވަހުން ފެށިގެން ފިޔާ އަދި އަލުވީގެ އަގު ހެޔޮކުރަން ނިންމާފައިވާ ކަމަށެވެ. އަދި މި ބަދަލަކީ ރޯދަމަހު އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ އަގުތައް ކުޑަކޮށް، ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމަށް އެޅި ފިޔަވަޅެއްކަމަށް ހާމަކުރެއެވެ.

އަގުތަކަށް އައި ބަދަލަށް ބަލާއިރު، ކުރިން 12 ރުފިޔާއަށް ވިއްކި ފިޔާ ކިލޯއެއް މިހާރު 10 ރުފިޔާއަށް ވަނީ ހެޔޮކޮށްފައެވެ. އަދި ފިޔާ ބަސްތާއަކުން 60 ރުފިޔާ ވަނީ ހެޔޮކޮށްފައެވެ. އެގޮތުން، ކުރިން 250 ރުފިޔާއަށް ލިބުނު ފިޔާ ބަސްތާގެ އަގު މިހާރު ހުރީ 190 ރުފިޔާއަށެވެ.

އަލުވީގެ އަގަށް ގެނައި ބަދަލާއެކު، ކުރިން 14 ރުފިޔާއަށް ލިބުނު ކިލޯއެއް މިހާރު ހުރީ 12 ރުފިޔާއަށެވެ. އަދި އަލުވި ބަސްތާއެއްގެ އަގު ވަނީ 300 ރުފިޔާއިން 160 ރުފިޔާއަށް ބޮޑުތަނުން ހެޔޮކޮށްފައެވެ.

އެސްޓީއޯއިން އެތެރެކުރާ އަސާއީ ކާބޯތަކެތީގެ ބާވަތްތައް އާންމުންނަށް ވަކިން ގަންނަން ލިބޭނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރަތަކުންނެވެ. ހަމައެއާއެކު، ގަނޑުކޮށް މި ތަކެތި ބޭނުންވާ ފަރާތްތަކަށް އެސްޓީއޯގެ ހޯލްސޭލް ސެންޓަރުތަކުން އެ ތަކެތި ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާނެކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450