Ads by PNC

ޚަބަރު

ކުރީގެ ކޮމިޝަނަރ ނަވީންގެ ރިޓަޔަރމެންޓް ފާހަގަކުރަން ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފި

ކުރީގެ ކޮމިޝަނަރ ނަވީންގެ ރިޓަޔަރމެންޓް ފާހަގަކުރަން ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފި

ކުރީގެ ކޮމިޝަނަރ ނަވީންގެ ރިޓަޔަރމެންޓް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތު / ފޮޓޯ: ޕޮލިސް

farudhun logo

ފަރުދުން

25 ފެބްރުއަރީ 2026، 11:28

25 ފެބްރުއަރީ 2026، 11:28

ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުން ރިޓަޔަރކުރެއްވި އިސްމާޢީލް ނަވީންގެ ރިޓަޔަރމެންޓް ފާހަގަކުރަން ޚާއްސަ ރަސްމިއްޔާތެއް ބާއްވަވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިންޔަތާބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ކޮމިޝަންޑް އޮފިސަރުން ބައިވެރިވަޑައިގެންނެވިއެވެ.

 މި ޚާއްޞަ ރަސްމިއްޔާތުގައި، ނަވީންއަށް ވަނީ ޝަރަފުގެ ހަނދާނީ ފިލައެއް އަރުވާފައެވެ. އެ ފިލާގައި ނަވީން ހޯއްދެވި މެޑަލްތަކުގެ އިތުރުން، ކޮމިޝަނަރގެ ރޭންކް އެޕެލޭޓް ވެސް ހިމަނާފައި ވެއެވެ. މިއީ ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވާ ކޮމިޝަނަރުންނަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އަރުވާ ފިލައެކެވެ.

ފުލުހުންގެ ޚިދުމަތުގައި 32 އަހަރު ހޭދަކުރައްވާފައިވާ އިސްމާޢީލް ނަވީން ކޮމިޝަނަަރ އޮފް ޕޮލިސްގެ މަޤާމަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހުގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450