Ads by PNC

ޚަބަރު

ޗާގޯސްގެ ސިޔާދަތީ ބާރު ޙައްޤު ވަނީ ދިވެހިރާއްޖެއަށް: ފަރާޖު

ޗާގޯސްގެ ސިޔާދަތީ ބާރު ޙައްޤު ވަނީ ދިވެހިރާއްޖެއަށް: ފަރާޖު

އިނގިރޭސިވިލާތުގެ ރިފޯމް ޔޫކޭގެ ލީޑަރު، ނައިޖަލް ފަރާޖް ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަނީ---

farudhun logo

ފަރުދުން

25 ފެބްރުއަރީ 2026، 11:56

25 ފެބްރުއަރީ 2026، 11:56

ޗާގޯސްގެ ސިޔާދަތީ ބާރު ހޯދުމަށް މޮރިޝަސްއަށް ކުރެވޭނެ ދަޢުވާއެއް ނެތް ކަމަށާއި، އެ ރަށްތަކުގެ ސިޔާސަތީ ބާރު ޙައްޤުވާ ޤައުމެއް އޮތްނަމަ، އެއީ ދިވެހިރާއްޖެ ކަމުގައި އިނގިރޭސިވިލާތުގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ރިފޯމް ޔޫކޭގެ ލީޑަރު، ނައިޖަލް ފަރާޖް މިއަދު ވިދާޅުވެއްޖެއެވެ.

ފަރާޖް މިހެން ވިދާޅުވީ، އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގައި ޗާގޯސް ހަވާލުކުރުމަށް އިނގިރޭސި ސަރުކާރާއި މޮރިޝަސްއާ ދެމެދު ވެެފައިވާ އެއްބަސްވުމުގެ މައްސަލާގައި ބަހުސްކުރައްވަމުންނެވެ.

އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގައި ކްލެކްޓަން  ތަމްސީލްކުރައްވާ މެންބަރު ފަރާޖް ވިދާޅުވީ،  ޗާގޯސްގެ ރަށްތަކުގެ ސިޔާދަތީ މިލްކުވެރިކަން  މޮރިޝަސްއަށް ބަދަލުކުރުމަށް އިނގިރޭސި ސަރުކާރުން ކުރަމުންދާ މަސައްކަތާ މެދު ރާއްޖޭން  މާޔޫސްވެފައިވާ ކަމަށެވެ.

މިކަމަށް ބާރު ދިނުމުގެ ގޮތުން އޭނާ ވިދާޅުވީ، ރާއްޖެ އާއި ޗާގޯސްއާ ދެމެދު ތާރީޙީ އަދި އާކިއޮލޮޖީގެ ގޮތުން ގުޅުންތަކެއް އޮތް ކަމަށެވެ. އެގޮތުން ފަރަންސޭސީންގެ އިސްތިއުމާރުގެ ދުވަސްވަރު ހަމައެކަނި ކުރި ކަމަކީ، އެ ރަށްތަކަށް ބޭނުން ކުރަމުން އައި ދިވެހި ނަންތައް ބަދަލުކުރުންކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.



އެހެންކަމުން، ތާރީޙީ އަދި ސަގާފީ ގޮތުން ވެސް އެ ރަށްތަކުގެ ސިޔާދަތީ ބާރު ހޯދުމަށް މޮރިޝަސްއަށް ކުރެވޭނެ ދައުވާއެއް ނެތް ކަމަށް  ފަރާޖް ފާހަގަކުރެއްވިއެވެ.

އަދި ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި މޮރިޝަސްގެ ދައުވާއަށް ރައްދު ދައުވާއެއް، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހެޅުމަށް ދިވެހިރާއްޖެއިން ތައްޔާރުވަމުން އަންނަކަމަށް ވެސް ފަރާޖު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އައިސީޖޭއިން މި ކަންކަމުގައި ދާއިމީ ނިންމުމެއް ނިންމަންދެން، ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތް މަޑުޖައްސާލުމަށް ވެސް އޭނާ ގޮވާލެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450