Ads by PNC

ޚަބަރު

"ލާމަރުކަޒީ ނިޒާމުގައި މަސައްކަތް ކުރުމުގައި ކައުންސިލުތަކަކީ ރަށްރަށުގައި ހުންނަ އެންމެ އިސް މުއައްސަސާކަން ޤަބޫލުކުރަންޖެހޭ"

"ލާމަރުކަޒީ ނިޒާމުގައި މަސައްކަތް ކުރުމުގައި ކައުންސިލުތަކަކީ ރަށްރަށުގައި ހުންނަ އެންމެ އިސް މުއައްސަސާކަން ޤަބޫލުކުރަންޖެހޭ"

ވަޒީރު އާދަމް ޝަރީފް އުމަރު/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

26 ފެބްރުއަރީ 2026، 01:05

26 ފެބްރުއަރީ 2026، 01:05

ލާމަރުކަޒީ ނިޒާމުގައި މަސައްކަތް ކުރުމުގައި ކައުންސިލުތަކަކީ ރަށްރަށުގައި ހުންނަ އެންމެ އިސް މުއައްސަސާކަން ޤަބޫލުކުރަންޖެހޭކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ލާމަރުކަޒީ ނިޒާމުގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ މުވައްޒަފުންނާއެކު ކުރިޔަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ރާއްޖެއަށް ލާމަރުކަޒީ ނިޒާމު ތަޢާރަފުވިތާ 15 އަހަރު ވެފައިވާއިރު އެ ނިޒާމު އެތައް ތަޖުރިބާއެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން، ނިޒާމު ވުޖޫދުވުމަށްފަހު ފުރަތަމަ މަރުޙަލާގައި ކުރިމަތިވި ގޮންޖެހުންތަކާމެދު މިއަދު ވިސްނާލުން މުހިއްމު ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކިހާވަރަކަށްތޯ ރައްޔިތުން ލާމަރުކަޒީ ނިޒާމު އޭރު ބަލައިގަތީ. އެ ނިޒާމުގެ ސަބަބުން އަތުވެދާނެ ކުރިއެރުންތަކާމެދު ކިހާވަރަކަށްތޯ މީހުންނަށް ހޭލުންތެރިކަން ލިބިފައިވަނީ. އަދި އެ ނިޒާމު ކުރިއަށް ގެންދިއުމުގައި މަލްޓި ޕާޓީ ސިސްޓަމުގެ ތެރެއިން ކިހާވަރަކަށްތޯ މީހުން ތައްޔާރުވެފައި ތިބީ؟ މިއީ ހަނދާނަށް ގެންނަން ޖެހޭ ކަމެއް.

ވަޒީރު ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމުގައި މިހާތަނަށް ކުރެވުނު ތަރުޖިބާތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން ވަޒީރު ވިދާޅުވީ، އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރައްޔިތުން ލާމަރުކަޒީ ނިޒާމު ބަލައިގެންފައިވާކަން ކަމަށެވެ. އޭގެ އިތުރަށް،  ލާމަރުކަޒީ ނިޒާމަކީ އޭގެ ޒާތުގައި ރައްޔިތުންނާ އެންމެ ގާތުން ޚިދުމަތް ދެވޭ އަދި އެންމެ ގާތުން ރައްޔިތުންނާއެކު މަސައްކަތްވެސް ކުރެވޭ ނިޒާމުކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އެ ނިޒާމުގައި އެންމެ މުހިންމު ރޯލެއް އަދާކުރާ އެއް ބަޔަކީ ކައުންސިލުތައް ކަމަށާއި، ކައުންސިލުތަކާއެކު މަސައްކަތް ކުރުމުގައި ފިކުރު މިހާރަށްވުރެވެސް ބޮޑަށް ދިރުވައި އާލާކުރަންޖެހޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ދައުލަތުގެ ހުރިހާ ވުޒާރާއެއް އަދި މުއައްސަސާއަކުންވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނަށް އެންމެ ގާތުން ޚިދުމަތްދޭ ނިޒާމު ކަމަށްވާއިރު މި ނިޒާމުގައި މަސައްކަތް ކުރުމުގައި ކައުންސިލުތަކަކީ ރަށްރަށުގައި ހުންނަ އެންމެ އިސް މުއައްސަސާކަން. ކައުންސިލްގެ ޚިދުމަތަކީ ރައްޔިތުންނަށް އެއިރެއްގައި އޮންނަ ސަރުކާރަކުން ދޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެންމެ މުހިންމު ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފިކުރު އަޅުގަނޑުމެންގެ ތެރޭގައި ދިރުވައި އާލާ ކުރުން.

ވަޒީރު އިތުރަށް ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމުގައި ރައްޔިތުންގެ ބައިވެރިވުން މުހިންމުކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ އެ ނަމޫނާ ދައްކަވަމުން ކަމަށެވެ. އެގޮތުން، އަތޮޅުތެރެއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅުގައި ކައުންސިލުތަކާ ބައްދަލުކުރައްވައި، ކަންކަމުގައި ރައްޔިތުންގެ ޚިޔާލާ މަޝްވަރާ އެމަނިކުފާނު ހޯއްދަވަމުން ގެންދަވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450