Ads by PNC

ޚަބަރު

ކެންދޫގައި ޤާއިމްކުރި އިންޖީނުގެ ރަސްމީކޮށް ހުޅުވައިފި

ކެންދޫގައި ޤާއިމްކުރި އިންޖީނުގެ ރަސްމީކޮށް ހުޅުވައިފި

ކެންދޫގައި ޤާއިމްކުރި އިންޖީނުގެ ރަސްމީކޮށް ހުޅުވުން / ފޮޓޯ: ފެނަކަ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

26 ފެބްރުއަރީ 2026، 10:16

26 ފެބްރުއަރީ 2026، 10:16

ބ. ކެންދޫގައި ޤާއިމްކުރި އައު އިންޖީނުގެ މިއަދު ހުޅުވައިފިއެވެ.

މި އިންޖީނުގެ ހުޅުވައިދެއްވީ، އެކަމަށްޓަކައި އެ ރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ، މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙްއެވެ.

ކެންދޫގެ ކަރަންޓުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ސަރުކާރުން މި މަޝްރޫޢު ކުރިޔަށްގެންދިޔައީ ފެނަކައާ ހަވާލުކޮށްގެންނެވެ. އަދި ފެނަކައިން ސަބްކޮންޓްރެކްޓަށް މި މަޝްރޫޢު ހަވާލުކުރީ ސީ ސައިޑް ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ 11 ޖުލައި 2021 ގައެވެ.

މި މަޝްރޫޢު ނިންމުމަށް ކަނޑައެޅި ތާރީޚަށްވުރެ މަސައްކަތް ލަސްވެގެންދިޔައީ ބިން ހަމަޖެއްސުމާއި ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަލާ ރިޕޯޓް (އީއައިއޭ) ތައްޔާރުކުރުމުގެ މަސައްކަތްތަކަށް ދިގު މުއްދަތެއް ހޭދަވުމުގެ ސަބަބުންނެވެ. އެހެންކަމުން މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުނީ 2022ވަނަ އަހަރު ނިމެން ގާތްވެފައި ވަނިކޮށް ކަމަށް ފެނަކައިން ވަނީ ހާމަކޮށްފައެވެ.



މަސައްކަތް ކުރިއަށްދިޔަ މުއްދަތުގައި ކޮންޓްރެކްޓަރުގެ އެދުމުގެ މަތިން އެކި ފަހަރުމަތިން މުއްދަތު އިތުރުކޮށްދީފައިވެއެވެ. އެގޮތުން ފުރަތަމަ 31 މޭ 2023 އަށް މުއްދަތު އިތުރުކޮށްދިނުމަށްފަހު، އަނެއްކާވެސް އިތުރު 6 މަސް ދުވަސް ދީފައިވެއެވެ. އޭގެ ފަހުންވެސް އިތުރު ދެ ފަހަރެއްގެ މަތިން މުއްދަތު އިތުރުކުރުމަށް ކޮންޓްރެކްޓަރު އެދިފައިވާކަންވެސް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450