ޚަބަރު
ސިނަމާލެ ބުރިޖު މައްޗަށް ކުނި ޕިކަޕެއް ފުރޮޅާލައިފި
ސިނަމާލެ ބްރިޖު މައްޗަށް ފުރޮޅާލި ޕިކަޕް---
ފަރުދުން
27 ފެބްރުއަރީ 2026، 01:33
27 ފެބްރުއަރީ 2026، 01:33
މާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު އަދި ހުޅުމާލެ ގުޅުވާލަދޭ ބުރިޖު މައްޗަށް ކުނި ޕިކަޕެއް ފުރޮޅާލައިފިއެވެ.
މި ހާދިސާއާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި ހާދިސާގެ އެ ރިޕޯޓު އެ އިދާރާއަށް ލިބިފައި ވަނީ މިއަދު ހެނދުނު 09:45 ހާއިރު ކަމަށެވެ. އަދި މި ޕިކަޕަކީ މާލެއިން ހުޅުމާލެއަށް ކުނި ބަރުކޮށްގެން ދިޔަ ޕިކަޕެއް ކަމާއި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާކަމަށް އެ އިދާރާއިން ހާމަކުރެއެވެ.
މި ހާދިސާ ހިނގާފައި ވަނީ، ޕިކަޕުގެ ފުރޮޅެއް ފަޅައިގެންގޮސް އަރިއަޅާލުމުގެ ސަބަބުން ފެންސުގައި ޖެހިގެންނެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.
ސޯސަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަ ގޮތުގައި ފުރޮޅާލި ޕިކަޕުގެ ކުރީކޮޅު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އަދި ޕިކަޕުގައި ހުރި ކުނިތައް ވަނީ ބުރިޖު މައްޗަށް އެޅިފައެވެ.