ޚަބަރު
ދިވެހި ފުލުހުން ދެއްވާ ޚިދުމަތަށް ފަޚުރުވެރިވަން: ރައީސް މުއިއްޒު
ރައިސް ޑރ މުޙައްމަދު މުޢިއްޒު.
ދިވެހި ފުލުހުން ދެއްވާ ޚިދުމަތާއި މެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ފުލުހުންގެ ޚިދްމަތުގެ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވެވި ޕޯސްޓެެއްގައެވެ.
ދިވެހި ޤައުމާއި ރައްޔިތުންނަށްޓަކައި، ރެޔާއިދުވާލު ދިވެހި ފުލުހުން ދެއްވާ ޒިންމާދާރު ޚިދުމަތަށް ފަޚުރުވެރިވެ، ޝުކުރު އަދާކުރަން - ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.
ރައީސް މުއިއްޒު ވަނީ ފުލުހުންގެ ޚިދްމަތުގެ ދުވަހުގެ މުނާސަބަތުގައި ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކަށް ތަހުނިޔާ ފޮނުއްވައިފައެވެ.
ދިވެހި ޤައުމާއި ރައްޔިތުންނަށްޓަކައި، ރެޔާއިދުވާލު ދިވެހި ފުލުހުން ދެއްވާ ޒިންމާދާރު ޚިދުމަތަށް ފަޚުރުވެރިވެ، ޝުކުރު އަދާކުރަމެވެ. pic.twitter.com/B4HkNUrSoi
— Dr Mohamed Muizzu (@MMuizzu) September 1, 2024
ފުލުހުންގެ ޚިދުމަތް ފެށިގެން އައިސްފައިވަނީ 1933 ވަނަ އަހަރުއެވެ. އޭގެ ފަހުން 2004 ވަނަ އަހަރު ސެޕްޓެމްބަރު މަހު 1 ވަނަ ދުވަހު އެއް ޚިދުމަތެއްގެ ގޮތުގައި ބައްޓަންވެގެން އައިސްފައިވާ ޚިދުމަތުން ފުލުހުންގެ ޚިދުމަތް ވަކިވެ، ދިވެހި ފުލުހުންގެ ޚިދުމަތުގެ މުއައްސަސާ ޤާއިމްވެގެން ދިޔައެވެ.