ދުނިޔެ
އިސްރާއީލުން އީރާންގެ ރޫހާނީ ލީޑަރުގެ އޮފީހަށް ހަމަލާދީފި
އާޔަތުﷲ ޢަލީ ޚާމަނާއީ--
އިސްރާއީލުން އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީގެ އޮފީހަށް ހަމަލާދީފިއެވެ.
އެމެރިކާއާއި އިސްރާއީލުން ގުޅިގެން އަންނަނީ އީރާނަށް ބާރުގަދަ މިސައިލް ހަމަލާތަކެއް ދެމުންނެވެ. މިކަމާއި ގުޅިގެން އީރާނުގެ މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި، އީރާނުގެ ވެރިރަށް ތެހެރާނުން އިސްރާއީލުން ފޮނުވާލި ހަމަލާތައް އަމާޒުވި މުހިންމު ތަންތަނުގެ ތެރޭގައި އެ ޤައުމުގެ އެންމެ މަތީ ލީޑަރު ޚާމަނާއީގެ އޮފީހާއި، އިންޓެލިޖެންސް ވުޒާރާއާއި، އީރާނުގެ ދިފާޢީ ވުޒާރާގެ އިތުރުން އެޓޮމިކް އެނާޖީ އެޖެންސީ ހިމެނެއެވެ.
އީރާނުގެ ރޫހާނީ ލީޑަރަށް އަމާޒުކޮށްގެން މި ހަމަލާ ދިން ނަމަވެސް، އީރާނުގެ ރޫހާނީ ލީޑަރު ހުންނެވީ ވެރިރަށުން ބޭރުގައިކަމަށް އެ ޤައުމުގެ ގިނަ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެގޮތުން، ޚާމަނާއީ ތެހެރާން ދޫކޮށް ރައްކާތެރި ސަރަޙައްދަކަށް މިހާރު ބަދަލުކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް، އީރާނުގެ އެންމެ މަތީ ވެރިޔާ ހުންނެވީ ކޮންތަނެއްގައިކަން އަދިވެސް އޮތީ ސިއްރުކޮށްފައެވެ.
މި ޙަމަލާގައި އީރާނަށް ލިބުނު ގެއްލުންތަކުގެ ތަފްޞީލް އަދި ސާފުނުވާއިރު، އިސްރާއީލުން އީރާނާ ދެކޮޅަށް ހިންގާ އޮޕަރޭޝަނަށް ދީފައިވާ ނަމަކީ "ލަޔަންސް ރޯރ" އެވެ.