ދުނިޔެ

ބޭ އޮފް ބެންގާލްގައި އުފެދުނު ކޮޅިގަނޑު މިއަދު ތޫފާނަކަށް ބަދަލުވާނެ ކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލްގައި އުފެދުނު ކޮޅިގަނޑު މިއަދު ތޫފާނަކަށް ބަދަލުވާނެ ކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލްގައި އުފެދުނު ކޮޅިގަނޑު--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

16 ނޮވެމްބަރު 2026، 10:59

16 ނޮވެމްބަރު 2026، 10:59

ސްރީލަންކާގެ އިރުމަތީގައިވާ ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑު މިއަދު ހަވީރުގެ ވަގުތެއްގައި ތޫފާނަކަށް (ސައިކްލޯނިކް ސްޓޯމަކަށް) ބާރުގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ސްރީލަންކާގެ މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފިއެވެ.

އެ ގައުމުގެ މޫސުމާ ބެހޭ މާހިރު ސަޗިތު ވިކްރަމަސޫރިޔާ ވިދާޅުވީ، އެ ސިސްޓަމް މިހާރު ހުރީ ޓްރިންކޮމަލީއާ ގާތްގަނޑަކަށް 600 ކިލޯމީޓަރު ދުރުގައި ކަމަށާއި، މިއަދުގެ ވަގުތެއްގައި އެއީ 'ޑީޕް ޑިޕްރެޝަން' އަކަށް ބަދަލުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި މާދަމާގެ ނިޔަލަށް ބޭ އޮފް ބެންގާލްގެ ހުޅަނގު މެދުމިނުގެ ސަރަހައްދުގައި އެއީ ނުރައްކާތެރި ބާރުގަދަ ތޫފާނަކަށް އިތުރަށް ބާރުގަދަވެގެން ހިނގައިދާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ވިކްރަމަސޫރިޔާ ފާހަގަކުރެއްވި ގޮތުގައި އެ ސިސްޓަމް ދަތުރުކުރަމުން ދަނީ ސްރީލަންކާގެ އިރުމަތީ އައްސޭރިފަށާ ދުރަށް، އިންޑިއާއާ ދިމާއަށެވެ. އެހެންކަމުން އޭގެ ސީދާ އަސަރެއް ލަންކާއަށް ނުކުރާނެ ކަމަށާއި، ސްރީލަންކާއާ ދިމާއަށް ވައިގެ ބާނީތަކެއް ދައުރުވަމުންދާތީ، އެ ގައުމަށް ވާރޭވެހުމަށް އެކަމުގެ ސަބަބުން މާ ބޮޑު ބަދަލެއް ނާންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ބޭރު ކަނޑުތަކަށް ވިއްސާރަވެ، ވައިގެ ބާރުމިން ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ވަނީ ބެލެވިފައެވެ.

މި ތޫފާނާއި ގުޅިގެން މޫސުމާ ބެހޭ އިދާރާއިން ވަނީ ކަނޑައެޅިފައިވާ ކަނޑުގެ ސަރަހައްދުތަކަށާއި، ކަންކެސަންތުރާއީން ފެށިގެން ޓްރިންކޮމަލީ އަދި ޕޮއްޓުވިލް މަގުން ހަމްބަންޓޮޓާއާ ދެމެދުގެ އައްސޭރިފަށުގެ ކަނޑުގެ ސަރަހައްދުތަކަށް ދަތުރުފަތުރުކުރާ ފަރާތްތަކާއި މަސްވެރިން ކަނޑަށް ނުނިކުތުމަށް އިންޒާރު ދީފައެވެ. 

އަދި އެ ސަރަހައްދުތަކުގައި މިހާރު ވެސް ހަރަކާތްތެރިވަމުންދާ ފަރާތްތައް ރައްކާތެރި ހިސާބުތަކަށް ދިއުމަށް ވަނީ އިރުޝާދު ދީފައެވެ. ކަންކެސަންތުރާއީން ފެށިގެން ޓްރިންކޮމަލީ އަދި ބަޓިކަލޯ މަގުން ހަމްބަންޓޮޓާއާ ދެމެދުގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ގަޑިއަކު 60 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.

ފާއިތުވި ދުވަސްތަކުގައި މުޅި ސްރީލަންކާއަށް ބޯކޮށް ވިލާ އެޅި، އެކި ސަރަހައްދުތަކަށް ވަނީ ވިއްސާރަކޮށްފައެވެ. އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި ނޮވެމްބަރު މަހު ކުރި ވިއްސާރައިގައި އެ ގައުމުގެ 8 ޕްރޮވިންސަކުން ޖުމްލަ 762 އާއިލާ އަކަށާއި 2،676 މީހުން ނަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450