ދުނިޔެ

އިސްރާއީލުން އީރާނުގެ ދެ ސުކޫލަކަށް ދިން ހަމަލާތަކެއްގައި 50 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

އިސްރާއީލުން އީރާނުގެ ދެ ސުކޫލަކަށް ދިން ހަމަލާތަކެއްގައި 50 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

އިސްރާއީލުން އީރާނުގެ ދެ ސުކޫލަކަށް ދިން ހަމަލާތަކެއްގައި 50 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 ފެބްރުއަރީ 2026، 07:39

28 ފެބްރުއަރީ 2026، 07:39

އިސްރާއީލުން އީރާނަށް ދެމުންދާ ވަރުގަދަ ހަމަލާތަކުގެ ތެރެއިން، އެ ގައުމުގެ ދެ ސުކޫލަކަށް އަމާޒުކޮށް ދިން ހަމަލާތަކެއްގައި 50 އަށްވުރެ ގިނަ މީހުން މަރުވެއްޖެ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

މި ހަމަލާތަކުގެ ތެރެއިން އެންމެ ނުރައްކާތެރި ހަމަލާއެއް އަމާޒުވެފައިވަނީ އީރާނުގެ ދެކުނުގެ ހޮރްމުޒްގާން ޕްރޮވިންސްގެ މިނާބް ސިޓީގައި ހުންނަ އަންހެން ކުދިންގެ އިބްތިދާއީ ސުކޫލަކަށެވެ. މި ހަމަލާގައި އެކަނިވެސް މަދުވެގެން 51 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން، ވެރިރަށް ތެހެރާންގެ އިރުމަތީގައި ހުރި ސުކޫލަކަށް ދިން ހަމަލާއެއްގައި ދެ ދަރިވަރަކު މަރުވެފައިވާ ކަމަށް އީރާނުގެ މެހެރު ނިއުސް އެޖެންސީން ވަނީ ހާމަކޮށްފައެވެ.

އަލްޖަޒީރާގެ ރިޕޯޓަރު މުޙައްމަދު ވަލް ތެހެރާނުން މަޢުލޫމާތު ދިން ގޮތުގައި، އަންހެން ކުދިންގެ ސުކޫލަށް ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 40 އަށްވުރެ މައްޗަށް އަރާފައެވެ. އޭނާ ފާހަގަކުރި ގޮތުގައި، އެމެރިކާއާއި އިސްރާއީލުން ހަމަލާދެނީ ހަމައެކަނި އަސްކަރީ އަމާޒުތަކަށް ކަމަށާއި، ބޭނުމަކީ އީރާނުގެ ރައްޔިތުންނަށް އަދަބު ދިނުން ނޫން ކަމަށް ބުނަމުންދިޔަ ނަމަވެސް، މިފަދަ އާންމު ރައްޔިތުންނަށް އަމާޒުވާ ހަމަލާތަކުގެ ސަބަބުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވާނެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވައުދުވެފައިވީ ނަމަވެސް، މިހާރު ފެންނަމުންދަނީ އާންމު ރައްޔިތުން މަރުވަމުންދާ މަންޒަރު ކަމަށްވެސް ރިޕޯޓަރު ފާހަގަކުރިއެވެ. މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު، އީރާނުގެ ރައްޔިތުންނަށް ދެވޭ އުދުވާނީ ހަމަލާއެއްގެ ގޮތުގައި އީރާނު ސަރުކާރުން ބަލާނެއެވެ.

އީރާނުގެ މިނިސްޓްރީ އޮފް ހެލްތު އެންޑް މެޑިކަލް އެޑިއުކޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރުގެ ޖޫން މަހު އެމެރިކާއާއި އިސްރާއީލުން 12 ދުވަހުގެ މުއްދަތަށް ކުރި ހަނގުރާމައިގައިވެސް އެތައް ހާސް އާންމު ރައްޔިތުންނެއް މަރުވެ، ޒަޚަމްވެފައިވެއެވެ. އަދި އީރާނުގެ އާންމު އިންފްރާސްޓްރަކްޗަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަންވެސް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450