ދުނިޔެ

ސަރަޙައްދީ އެއްވެސް ޤައުމަކަށް ހަމަލާދިނުމުގެ ވިސްނުމެއް ނެތް، އަމާޒަކީ އެމެރިކާއިން އެ ޤައުމުތަކުގައި ގާއިމުކޮށްފައިވާ އަސްކަރީ މަރުކަޒުތައް: މުޖުތަބާ ހާމަނާއީ

ސަރަޙައްދީ އެއްވެސް ޤައުމަކަށް ހަމަލާދިނުމުގެ ވިސްނުމެއް ނެތް، އަމާޒަކީ އެމެރިކާއިން އެ ޤައުމުތަކުގައި ގާއިމުކޮށްފައިވާ އަސްކަރީ މަރުކަޒުތައް: މުޖުތަބާ ހާމަނާއީ

މުޖުތަބާ ހާމަނާއީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 މާރިޗު 2026، 08:25

01 މާރިޗު 2026، 08:25

ސަރަޙައްދީ އެއްވެސް ޤައުމަކަށް ހަމަލާދިނުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި، ނަމަވެސް ކާއިންއެމެރި އެ ޤައުމުތަކުގައި ގާއިމުކޮށްފައިވާ އަސްކަރީ މަރުކަޒުތަކަކީ އަމާޒުފަތްގަނޑަކަށް ވެދާނެ ކަމުގެ އިންޒާރު މުޖުތަބާ ހާމަނާއީ ދެއްވައިފިއެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ހާމަނާއީ ވިދާޅުވީ، ސަރަޙައްދީ އަވަށްޓެރި ޤައުމުތަކަށް އަމާޒުކޮށް އީރާނުން އެއްވެސް ހަމަލާއެއް ދޭން ނޫޅޭ ކަމަށެވެ. ނަމަވެސް، އެ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަކީ އީރާނާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކަށް ބޭނުންކުރާ ތަންތަން ކަމަށްވާނަމަ، އެ ތަންތަނަށް ހަމަލާދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހާމަނާއީ އިތުރަށް ތަފްސީލުކޮށްދެއްވި ގޮތުގައި، އެމެރިކާގެ އަސްކަރީ ބާރުތަކުން އެ ސަރަޙައްދުގެ ޤައުމުތަކުގައި ތިބެގެން އީރާނާ ދެކޮޅަށް އެއްވެސް ހަރަކާތެއް ހިންގައިފިނަމަ، އެއީ އެ ޤައުމުތަކުގެ ބިމުން އަންނަ ހަމަލާއެއްގެ ގޮތުގައި ނުބަލާނެއެވެ. އޭގެ ބަދަލުގައި އެފަދަ މަރުކަޒުތަކަކީ އެމެރިކާގެ ސަރަޙައްދެއްގެ ގޮތުގައި ބަލައި، އެ ތަންތަނަށް ހަމަލާ ދިނުމުގެ އިޚުތިޔާރު އީރާނަށް ލިބިގެންވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި އިންޒާރު އައިސްފައިވަނީ މެދުއިރުމަތީގެ މަސްރަޙު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ. ޚާއްޞަކޮށް އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ސަރަޙައްދީ ޤައުމުތަކުން މިކަމާ މެދު ސަމާލުވުމަށް އީރާނުން ވަނީ ގޮވާލާފައެވެ.

މި މޭރުމުން ވާހަކަދައްކަވަމުން ހާމަނާއީ ވިދާޅުވީ، އެމެރިކާގެ އަސްކަރީ ބާރުތަކުން އެ ޤައުމުތަކުގެ ބިން ބޭނުންކޮށްގެން އީރާނުގެ މަސްލަޙަތަށް ގެއްލުންދޭން މަސައްކަތް ކުރާނަމަ، އެއީ ސަރަޙައްދީ އަމާންކަމަށް އޮތް ބިރެއް ކަމަށެވެ. އަދި އީރާނުން އަބަދުވެސް މަސައްކަތް ކުރާނީ އަމިއްލަ ދިފާޢުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450