Ads by PNC

ޚަބަރު

ކ. މާފުށްޓާއި އެރަށު ހިއްކި ސަރަޙައްދު ގުޅުވައިދޭ ބްރިޖް މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

ކ. މާފުށްޓާއި އެރަށު ހިއްކި ސަރަޙައްދު ގުޅުވައިދޭ ބްރިޖް މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

ޢަމަލީ މަސައްކަތް ފެށުން/ފޮޓޯ: ވުޒާރާ

01 މާރިޗު 2026، 09:31

ކ. މާފުށްޓާއި އެރަށުގެ އަލަށް ހިއްކި ސަރަޙައްދު ގުޅުވައިދޭ ބްރިޖް މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

މި މަސައްކަތް ރަސްމީކޮށް ފެށުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް އިސްމާއީލް ހަމީދު، ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙުސައިން ރިޟާ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިނގ ކޮމްޕެނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޖަމްޝީދު އަދި މާފުށީ ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން މާފުށްޓާއި އެރަށުގެ ހިއްކާފައިވާ ސަރަޙައްދު ގުޅާލުމަށް 137 މީޓަރުގެ ކޯޒްވޭއެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢަކީ ޖުމްލަ 35.42 މިލިޔަން ރުފިޔާއަށް، 365 ދުވަހުގެ ތެރޭގައި ނިންމުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިނގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައިވާ މަޝްރޫޢެއްކަން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓުހައުސް ވިޔަފާރި ހިންގާ މާފުށީގައި މި ބްރިޖް ތަރައްޤީކުރުމާއެކު، ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ފާހަގަކުރައްވައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450