Ads by Exprox

ޚަބަރު

“ފުލުހުންގެ އާސާރު ދައްކާލުން" ނަމުގައި މައުރަޒެއް ހުޅުވައިފި!

“ފުލުހުންގެ އާސާރު ދައްކާލުން" ނަމުގައި މައުރަޒެއް ހުޅުވައިފި!

ދިވެހި ފުލުހުންގެ އާސާރު ދައްކާލުމަށް ބާއްވާ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތު. ފޮޓޯ: ޕީއެސްއެމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ސެޕްޓެމްބަރު 2024، 04:42

01 ސެޕްޓެމްބަރު 2024، 04:42

"ފުލުހުންގެ އާސާރު ދައްކާލުން" ނަމުގެ ދަށުން މައުރަޒެއް ހުޅުވައިފިއެވެ. 

މިމައުރަޒު ހުޅުވައިފައިވަނީ ޤައުމީ ދާރުލް އާސާރުގައެވެ. މައުރަޒު ރަސްމީކޮށް ހުޅުވައިދެއްވައިފައިވަނީ ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމެވެ.

"ފުލުހުންގެ އާސާރު ދައްކާލުން" މި މައުރަޒަކީ، ކުރީގެ ޒަމާނުއްސުރެ މިއަދާ ހަމައަށް ފުލުހުންގެ ޚިދުމަތުގައި ބޭނުންކޮށްފައިވާ އަދި މިހާރުވެސް ބޭނުންކުރަމުންދާ އާލާތްތަކާއި، ލިޔެކިޔުންތަކާއި އަދި އެހެނިހެން ތަކެތި އާންމުންނަށް ދައްކުވައިދޭ މައުރަޒެކެވެ. މި މައުރަޒުގެ ސަބަބުން، ފުލުހުންގެ ޚިދުމަތުގެ ތާރީޚާއި ތަރައްޤީއަށް އައިސްފައިވާ ކުރިއެރުންތައް ދަސްކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތަކީ ދިގު ތާރީޚެއް އޮތް މުއައްސަސާއެއް ކަމަށެވެ. މި ޚިދުމަތަށް ގަރުނެއް ފުރެން ކައިރިވެފައިވާއިރު، މިހާރުގެ ޖީލަށާއި އަންނަން އޮތް ޖީލުތަކަށް ދައްކުވައިދެވޭނެ ގިނަ ކަންތައްތަކެއް ހުރިކަމަށް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

ކޮމިޝަނަރ ޝުޖާޢު ވިދާޅުވީ، މި މައުރަޒުގައި ފުލުހުންގެ ޚިދުމަތާ ގުޅުންހުރި ގިނަ ތަކެތި ފެންނަން ހުންނާނެކަމަށެވެ.

ފުލުހުން ބޭނުންކުރާ ސާމާނާއި އާލާތާއި ޔުނީފޯރމަކީވެސް ވަކިގޮތަކަށް ފަރުމާ ކުރެވިފައިވާ އެއްޗެއް. އެކަން ހަމަ ފުލުހުންގެ ޚިދުމަތުގައި 91 އަހަރު ވެގެންދާއިރު އެކަންތައްތައް ދުނިޔޭގެ އެހެން ގައުމުތަކުގައި ފެންނަ ސިފަތައް ދިވެހި ފުލުހުންގެ ޚިދުމަތުން ފެނިގެން ދާނެ - ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް، ޢަލީ ޝުޖާޢު ވިދާޅުވީ، މި މައުރަޒަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އުފެދުމާއި ތަރައްޤީގެ މަރުޙަލާތައް ދައްކުވައިދޭ މުހިންމު ވަސީލަތެއްކަމަށެވެ. މީގެ އިތުރުން، މި މައުރަޒުން ދިވެހި ފުލުހުންގެ ޚިދުމަތުގެ މުހިންމުކަމާއި އޭގެ އަގު ވަޒަންކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

އަދި ކުރިމަގުގެ ޖީލުތަކަށް ފުލުހުންގެ ޚިދުމަތާ ގުޅުމަށް ޝައުޤުވެރިކަން އުފެއްދުމަކީވެސް މި މައުރަޒު ބޭއްވުމުގެ އެންމެ މައިގަނޑު އެއް މަޤްޞަދުކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް ފާހަގަކުރެއްވިއެވެ.

"ފުލުހުންގެ އާސާރު ދައްކާލުން" މައުރަޒު ކުރިއަށް ދާނީ މިމަހުގެ 1އިން 3އަށް ދާރުލް އާސާރުގައެވެ. މި މައުރަޒު ހުޅުވިފައި ހުންނާނީ ހެނދުނު 9:00އިން 18:00އަށެވެ. އަދި ރޭގަނޑު 20:00އިން 22:00އަށެވެ.

ރާއްޖޭގައި މަދަނީ ޚިދުމަތެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ދޭންފެށިތާ މިހާރުވަނީ 20 އަހަރުވެފައެވެ.

 

މި ލިޔުން ކިޔާލުމުން

Ads by Stelco