Ads by PNC

ޚަބަރު

ކަނބަލުންނަކީ މުޖުތަމަޢަށް މަގުދައްކައިދޭ، ނަމޫނާ ލީޑަރުންތަކެއް: މެޑަމް ސާޖިދާ

ކަނބަލުންނަކީ މުޖުތަމަޢަށް މަގުދައްކައިދޭ، ނަމޫނާ ލީޑަރުންތަކެއް: މެޑަމް ސާޖިދާ

މެޑަމް ސާޖިދާ މުޙައްމަދު---

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 މާރިޗު 2026، 09:38

08 މާރިޗު 2026، 09:38

ކަނބަލުންނަކީ މުޖުތަމަޢަށް މަގުދައްކައިދޭ، ނަމޫނާ ލީޑަރުންތަކެއް ކަމަށާއި، ކޮންމެ އަންހެނަކަށާއި އަންހެން ކުއްޖަކަށް އިންސާނީ ކަރާމާތާއި، ހަމަހަމަ ފުރުޞަތުތަކާއި، އިންޞާފު ކަށަވަރު ކޮށްދިނުމަށް އެންމެން މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ފަސްޓްލޭޑީ މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖުގައި، ދިވެހި އަންހެނުންގެ ހިތްވަރާއި، ޙިކުމަތްތެރިކަމާއި، އޯގާތެރިކަމުގެ އަގު ވަޒަންކުރައްވަމުން މެޑަމް ސާޖިދާ ވިދާޅުވީ، އަންހެނުންނަކީ އާއިލާތައް ބާރުވެރި ކުރުވައި، މުޖުތަމަޢަށް މަގުދައްކައި، ޤައުމަށް އުއްމީދު ދިރުވައިދޭ މައިންނާއި، ދަރިންނާއި، އުޚުތުންގެ އިތުރުން ނަމޫނާ ލީޑަރުންތަކެއް ކަަމަށެވެ. އަދި ކަނބަލުންގެ ވިސްނުމާއި ފިކުރަކީ، މުސްތަޤްބަލު ބައްޓަން ކުރުމުގެ މައިގަނޑު އަސާސް ކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ފަސްޓްލޭޑީ ސާޖިދާ އިތުރަށް ވިދާޅުވީ، ކޮންމެ އަންހެނަކަށާއި އަންހެން ކުއްޖަކަށް އިންސާނީ ކަރާމާތާއި، ހަމަހަމަ ފުރުޞަތުތަކާއި، އިންޞާފު ކަށަވަރު ކޮށްދިނުމަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެގޮތުން، އިންސާނާގެ ހުވަފެންތަކަކީ ވަކި ޖިންސަކަށް ވީތީ ހަނިކުރެވޭ އެއްޗަކަށް ހެދުމުގެ ބަދަލުގައި، އަދުލުވެރި ކަމާއި އިޙްތިރާމާއެކު އެ ހުވަފެންތަކުގައި ކުލަޖެއްސުމަށް މަގުފަހިވެފައިވާ މުޖުތަމަޢެއް ބިނާކުރުމަކީ އެންމެންގެ އަމާޒަކަށް ވާންޖެހޭނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެވެސް މާރިޗު މަހުގެ 8 ވަނަ ދުވަސް ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، މިއަހަރުގެ ޝިއާރަކީ "ރައިޓްސް، ޖަސްޓިސް ފޯރ އޯލް ވުމެން އެންޑް ގާރލްސް" އެވެ. އަންހެނުންގެ ދުވަހަކީ އިޤްތިޞާދީ، ސިޔާސީ އަދި އިޖްތިމާޢީ ކަންކަމުގައި އަންހެނުންގެ ދަޢުރު ފުޅާކުރުމާއި، އެމީހުންގެ ޙައްޤުތައް ހޯދައިދިނުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ މުހިންމު ދުވަހެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450
އ

އަތަފަަނި

08/03/2026 22:34

ދެން ތިހަދަނީ ތެދު ކަމަށް ވަންަޏާ ވަނާތަށް ނުފެންން ގޮތަށް ހެދުން އަޅާ މޫނުބުރުގާވެސް އަޅާ ބަލަ. ހެހެ.