Ads by Exprox

ޚަބަރު

މާލޭގައި ހުރި ސީއެޗްއެސްސީގެ ޢިމާރާތުގައި އަލުން ކިޔަވައިދޭން ފަށައިފި!

މާލޭގައި ހުރި ސީއެޗްއެސްސީގެ ޢިމާރާތުގައި އަލުން ކިޔަވައިދޭން ފަށައިފި!

މާލޭގައި ހުންނަ ސީއެޗްއެސްސީގެ ޢިމާރާތް. ފޮޓޯ: ތަޢުލީމީ ވަޒީރު އިސްްމާއިލް ޝަފީޢު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ސެޕްޓެމްބަރު 2024، 06:57

01 ސެޕްޓެމްބަރު 2024، 06:57

ހުލާސާ


މާލޭގައި ހުރި ސީއެޗްއެސްސީގެ ޢިމާރާތުގައި ކިޔަވައިދިނުން މެދުކަނޑާލައިފައި އޮތުމަށް ފަހު އަލުން އެޢިމާރާތުގައި ކިޔަވައިދޭން ފަށައިފިއެވެ.

ހުޅުމާލޭގައި ސީއެޗްއެސްއީގެ އައު ޢިމާރާތެއް އެޅުމަށްފަހު މާލޭގައިހުރި ސީއެޗްއެސްއީގެ ޢިމާރާތުގައި ކިޔަވައިދިނުން މިދިޔަ ސަރުކާރުން ވަނީ ހުއްޓާލާފައެވެ. އައު އިމާރާތާއި އެކު ސީއެޗްއެސްސީގެ ކިޔެވުން ހުޅުމާލެއަށް ބަދަލުކުރީ 2023 ވަނަ އަހަރުގެ މެދުތެރޭގައެވެ. ނަމަވެސް ސީއެޗްއެސްސީ ޢިމާރާތް މަރާމާތުކުރުމަށްފަހު އަލުން މިއަދު ވަނީ ކިޔަވައިދޭން ފަށާފައެވެ.

މިކަމާއި ގުޅިގެން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ފޭސްބުކް ގައި ކުރެއްވެވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް މާލޭގައިި މަތީ ޘާނަވީއަށް ކިޔަވައިދިނުމަށް ސަރުކާރުގެ ސްކޫލެއް އަލުން ގާއިމުކޮށް ކިޔައިދޭނެް ފަށާފައިވާކަމަށެވެ.

 މި ސްކޫލު ވެގެންދާނީ ފުރަމާލޭގައިހުރި މަތީ ޘާނަވީއަށް ކިޔަވައިދޭ އެންމެ ފެންވަރު ރަނގަޅު، ހިތްފަސޭހަ އަދި ދަރިވަރުންނަށް އުފާވެރި އުގެނުމުގެ މާހައުލު ތަނަވަސްވެފައިވާ ސްކޫލަށްކަމަށް ތަޢުލީމީ ވަޒީރު ވިދާޅުވިއެވެ.މި ބަދަލާއެކު، މަތީ ޘާނަވީއަށް އުނގެނުމަށް، ފުރަމާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ ދަރިވަރުންގެ ޢަދަދު މަދުވާނެކަމަށާއި، ގާތުން ތަޢުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތު ތަންފީޒު ކުރެވި، ދަރިވަރުންނާއި ބެލެނިވެރިންނަށް ނުހަނު ބޮޑު ފަސޭހައަކަށް ވެގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން، ސީއެޗްއެސްސީއަކީ "ސައިންސް އެޑިއުކޭޝަން ސެންޓަރ"ގެ ނަމުގައި 3 ޖުލައި 1979 ގައި މަތީ ސާނަވީ ތަޢުލީމަށް ޚާއްސަކޮށްގެން ރާއްޖޭގައި ހުޅުވި އެންމެ ދުވަސްވީ ސްކޫލެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by Stelco