ޚަބަރު
މި ރަމަޟާން މަހުގެ ފަހު ދިހައިގައި މާލެ ސަރަޙައްދުގެ 35 މިސްކިތެއްގައި ދަމުނަމާދު ކުރުމަށް ހަމަޖެހިއްޖެ
ދަމުނަމާދު ކުރަނީ/ފޮޓޯ: މިހާރު
މި ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގައި މާލެ ސަރަޙައްދުގެ 35 މިސްކިތެއްގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މިކަމާއި ގުޅިގެން އެ ވުޒާރާއިން ކުރި އިޢުލާނެއްގައި ވަނީ ރަމަޟާން މަހުގެ ފަހު ދިހައިގައި މާލެ ސަރަޙައްދުގައި ދަމުނަމާދު ކުރާ މިސްކިތްތަކުގެ ލިސްޓު ޢާންމުކޮށްފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ޢާންމުކޮށްފައިވާ ލިސްޓްގައި ވާގޮތުން، މި ރަމަޟާން މަހު ވިލިމާލޭގައި ދަމުނަމާދު ކުރުމަށް ހަމަޖައްސާފައި ވަނީ މަސްޖިދުލްބިއްރި، މަސްޖިދުއްސަލާމް އަދި މަސްޖިދުލް އިޚްލާސް އެވެ. މީގެ އިތުރުން، މާލޭގެ 21 މިސްކިތެއްގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާއިރު، ހުޅުމާލެ ފޭސް އެކެއްގެ 6 މިސްކިތެއް އަދި ހުޅުމާލެ ފޭސް ދޭއްގެ 5 މިސްކިތެއްގައި ދަމުނަމާދު ކުރުމަށް އެ ވުޒާރާއިން ވަނީ ހަމަޖައްސާފައެވެ.
މާލޭގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް:
- މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (އިސްލާމީ މަރުކަޒު)
- މަސްޖިދުލްމަލިކި ސަލްމާން
- މަސްޖިދުއްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ (ވިޔަފާރިވެރިންގެ މިސްކިތް)
- މަސްޖިދުލްފުރްޤާން
- މަސްޖިދުއްނޫރު
- މަސްޖިދުއްޝަހީދު ޢަލީ
- މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް)
- މަސްޖިދުއްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް (ދުނބުރި މިސްކިތް)
- މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
- މަސްޖިދުއްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)
- މަސްޖިދު ޞަލާޙުއްދީން
- މަސްޖިދު ޖަލާލުއްދީން
- މަސްޖިދު އިބްރާހީމް
- މަސްޖިދު އިސްކަންދަރު
- ވަގުތީމިސްކިތް (ބޮޑުގެ)
- މަސްޖިދުއްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ރަންމިސްކިތް)
- މަސްޖިދުއްޝައިޚް މުޙައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް)
- މަސްޖިދު ޢަލީ ޙުސައިން (މާވެޔޮ މިސްކިތް)
- މަސްޖިދު ޢަފީފުއްދީން
- މާފަންނު އާމިސްކިތް
- މަސްޖިދުއްޛިކްރާ
ހުޅުމާލެ ފޭސް 1 ގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް:
- މަސްޖިދުއްޝައިޚް ޤާސިމް ބިން މުޙައްމަދު އާލްޘާނީ (ވައްގުއްބު މިސްކިތް)
- މަސްޖިދު ރަޝީދު
- މަސްޖިދު ޢަޒީޒާ މޫސާ
- މަސްޖިދުލްއަޞްދިޤާ
- މަސްޖިދުލްވާލިދައިނި
- މަސްޖިދު މުޙައްމަދު
ހުޅުމާލެ ފޭސް 2 ގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް:
- މަސްޖިދު ޙަސަން ޢާދަމް
- މަސްޖިދު އީމާން
- މަސްޖިދު އަމީލް ޖަލީލް
- މަސްޖިދު އަބީބަކުރިނިއްޞިއްދީޤް
- މަސްޖިދު ޢުޘްމާނު ބިން ޢައްފާން
ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގައި މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގެ މިސްކިތްތަކުގައި ޖަމާޢަތުގައި ދަމުނަމާދު ކުރެވޭނެ އިންތިޒާމް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހަމަޖައްސަވައިދެއްވާކަން ފާހަގަކޮށްލެވެއެވެ.