ދުނިޔެ

ލުބުނާނުން މަޝްވަރާއަށް ގޮވާލާފައިވަނިކޮށް، ހިޒްބުاللهއާ ގުޅުންހުރި މާލީ އިދާރާތަކަށް އިސްރާއީލުން ހަމަލާދީފި

ލުބުނާނުން މަޝްވަރާއަށް ގޮވާލާފައިވަނިކޮށް، ހިޒްބުاللهއާ ގުޅުންހުރި މާލީ އިދާރާތަކަށް އިސްރާއީލުން ހަމަލާދީފި

އިޒްރާއިލުން ލުބްނާނަށް ހަމަލާދިނުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 މާރިޗު 2026، 11:36

09 މާރިޗު 2026، 11:36

ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި ހުންނަ ހިޒްބުاللهއާ ގުޅުންހުރި މާލީ އިދާރާއެއް ކަމަށްވާ 'އަލް-ޤަރްޟު އަލް-ޙަސަން' ގެ ބްރާންޗުތަކަށް އިސްރާއީލު ސިފައިން ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ.

 އިސްރާއީލުން މި ހަމަލާތައް ދީފައިވަނީ އެ ޖަމާއަތުގެ މާލީ ވަސީލަތްތަކަށް އަމާޒުކުރާނެ ކަމަށް އިއުލާނު ކުރުމަށްފަހުގައެވެ.

ލުބުނާނުގެ ރަސްމީ ނިއުސް އެޖެންސީ (އެން.އެން.އޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބެއިރޫތުގެ ދެކުނު ސަރަހައްދެއް ކަމަށްވާ ހާރެތު ހުރައިކްގެ ބީރު އަލް-އަބަދު ސަރަހައްދުގައި ހުންނަ އިމާރާތަކަށާއި، ބެއިރޫތު އިންޓަނޭޝަނަލް އެއާޕޯޓަށް ދާ މަގުގައި ހުންނަ އެ އިދާރާގެ ބްރާންޗަކަށް ހަމަލާތައް ވަނީ އަމާޒުވެފައެވެ. 2007 ވަނަ އަހަރުން ފެށިގެން އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ މި އިދާރާއަކީ ލުބުނާނުގެ ރަސްމީ މާލީ ނިޒާމުން ބޭރުގައި އިންޓްރެސްޓާ ނުލައި ލޯނު ދޫކުރުމުގެ ހިދުމަތްދޭ ތަނެކެވެ.

މި ހަމަލާތަކާ ގުޅިގެން ބެއިރޫތުގެ މެދުތެރޭގައި އޮންނަ ނުވައިރީ ސަރަހައްދުގެ މަގުތައް ބަންދުކޮށް، ޓްރެފިކް ވަނީ އެހެން މަގުތަކަށް އަނބުރާލާފައެވެ. އަލްޖަޒީރާގެ ރިޕޯޓަރު ޒީނާ ޚޮދްރް ބުނިގޮތުގައި، އިސްރާއީލުން އިންޒާރު ދިން ނަމަވެސް، ގިނަ ފަހަރަށް ހަމަލާތައް އަންނަނީ ކުރިއާލާ އެންގުމަކާ ނުލައި ކަމަށްވާތީ އާންމުން ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ.

ލުބުނާނުގެ ރައީސް ޖޯސެފް އައުން މިއަދު ވިދާޅުވީ، އިސްރާއީލުގެ އުދުވާންތައް ހުއްޓުވުމަށްޓަކައި އަލުން މަޝްވަރާތައް ފެށުމަށް ލުބުނާން ތައްޔާރަށް އޮތްކަން އދ. އަށާއި ބައިނަލްއަގުވާމީ މުޖުތަމައަށް އަންގާފައިވާ ކަމަށެވެ. 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސުލްހައިގެ އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، އިސްރާއީލުން ދަނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެ އެއްބަސްވުމާ ހިލާފުވަމުންނެވެ.

މި ހަމަލާތައް ވަރުގަދަވެފައިވަނީ އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދިން ހަމަލާއަކަށްފަހުގައެވެ. މާޗް މަހުގެ 2 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 400 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، ލުބުނާނުގެ ސޯޝަލް އެފެއާޒް މިނިސްޓަރު ވިދާޅުވި ގޮތުގައި 517,000 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450