Ads by PNC

ޚަބަރު

ފުލުހުންގެ މަރުކަޒަކާއި އެކަމަޑޭޝަން ބްލޮކެއް ޤާއިމްކުރުމަށް ދެ ކުންފުންޏަކާ ހަވާލުކޮށްފި

ފުލުހުންގެ މަރުކަޒަކާއި އެކަމަޑޭޝަން ބްލޮކެއް ޤާއިމްކުރުމަށް ދެ ކުންފުންޏަކާ ހަވާލުކޮށްފި

ް މަޑުއްވަރީގައި ފުލުހުންގެ މަރުކަޒު ޤާއިމް ކުރުމަށް ހަވާލުކުރުން / ފޮޓޯ: ޕޮލިސް

farudhun logo

ފަރުދުން

09 މާރިޗު 2026، 11:19

09 މާރިޗު 2026، 11:19

ރ. މަޑުއްވަރީގައި ފުލުހުންގެ މަރުކަޒެއް ޤާއިމްކުރުމަށާއި، ހއ. ދިއްދޫގައި ފުލުހުންގެ އެކަމަޑޭޝަން ބްލޮކެއް ޤާއިމްކުރުމަށް ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއުތަކަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުލުހުންގެ އުމުރާނީ ވަސީލަތްތައް ގާއިމުކޮށް، ފުލުހުންގެ މަސައްކަތްތަކުގެ ފެންވަރު މަތިކުރުމަށާއި، އަތޮޅުތެރޭގައި ހިދުމަތްކުރާ ފުލުހުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ފުލުހުންގެ މުއައްސަސާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގޭ މުހިންމު މަޝްރޫއުތަކެކެވެ.

މި ދެ މަޝްރޫޢު ރަސްމީކޮށް ހަވާލުކުރުމަށާއި، އެއްބަސްވުންތަކުގައި ސޮއިކުރުމަށް ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސައިން އާދަމް ބިލްޑިންގައި މިއަދު ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.

އެގޮތުން މަޑުއްވަރީގައި ފުލުހުންގެ މަރުކަޒު ޤާއިމް ކުރުމަށް ހަވާލުކުރީ  ފެޑޯ ޕްރައިވެޓް ލިމިޓެޑާއެވެ. ފެޑޯ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑައިރެކްޓަރު އަލީ ވަސީއުއެވެ. 

މަޑުއްވަރީގައި ފުލުހުންގެ މަރުކަޒު ޤާއިމް ކުރުމަށް ފެޑޯއާ ހަވާލުކުރުން / ފޮޓޯ: ޕޮލިސް

އަދި މަޑުއްވަރީގައި ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމަށް ހަވާލުކުރީ މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑައިރެކްޓަރު ސައުދުﷲ ހިލްމީއެވެ.

މި ސަރުކާރު ހަވާލުވިއިރު ފުލުހުންގެ ޚިދުމަތް އެއްވެސް ވަރަކަށް ނެތް 66 ރަށް އޮތެވެ. އެހެންކަމުން މުޖުތަމަޢުގެ ހުރިހާ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަނީ މިދިޔަ އަހަރު ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފަށާފައެވެ.

މީގެ އިތުރުން ސަރުކާރު ހަވާލުވިއިރު ފުލުހުންގެ އަމިއްލަ އިމާރާތެއްގައި ޚިދުމަތް ދެމުން ދިޔައީ އެންމެ 17 ރަށުގައެވެ. ނަމަވެސް މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ މަރުކަޒުތައް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން 60 އަށްވުރެ ގިނަ ރަށެއްގައި އެ އިމާރާތްތަކުގެ ޢަމަލީ މަސައްކަތްތައް ވަނީ ފަށާފައެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ މި ދައުރު ނިމޭއިރު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ އިމާރާތްތައް ޤާއިމުކޮށް ޚިދުމަތް ދިނުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450