ޚަބަރު
"އަލައިކާ އެނގޭތަ؟" ކުއިޒްގައި ބައިވެރިވެގެން ޢުމްރާ ދަތުރެއް
މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރާ އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުނާން---
ފަރުދުން
10 މާރިޗު 2026، 10:50
10 މާރިޗު 2026، 10:50
މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރާ އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުނާންގެ ކެމްޕެއިން ކުއިޒް، "އަލައިކާ އެނގޭތަ؟"ގައި ބައިވެރިވެގެން ޢުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އަލައިކާގެ ކެމްޕެއިން ޓީމްގެ ފަރާތުން މި ކުއިޒް އިފްތިތާޙުކުރީ، ހޯމަ ދުވަހުގެރޭ މާފަންނު ބިސް ބުރު ސަރަޙައްދުގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގެ ތެރެއިންނެވެ. މިއީ އަލައިކާ ވާދަކުރާ ދާއިރާގެ އިންތިޚާބުގައި ވޯޓުލާ ފަރާތްތަކަށް އަލައިކާ ތަޢާރަފްކޮށްދީ، މާލެ ސިޓީއަށް އަލައިކާ ދެކެން ބޭނުންވާ ތަސައްވަރު ވީހާވެސް ގިނަ އާއިލާތަކަށް ހާމަކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއްކަން އަލައިކާގެ ކެމްޕެއިން ޓީމުން ފާހަގަކުރެއެވެ.
10 މާރޗް 2026 ފެށިގެން 29 މާރޗް 2026 އާ ހަމައަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކުއިޒްގެ ތެރެއިން އަލައިކާއާ ގުޅޭ ސުވާލެއް ކޮންމެ ދުވަހަކު ގެނަސްދޭނެއެވެ. އަދި އެ ސުވާލުގެ ޖަވާބު ކޮންމެ ރެއެއްގެ 00:00 އާ ހަމައަށް www.alaika.mv ވެބްސައިޓަށް ފޮނުވޭނެކަމަށް އަލައިކާގެ ކެމްޕެއިން ޓީމުން ފާހަގަކުރެއެވެ.
މި ކުއިޒްގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ދުވަހެއްގެ ސުވާލު ރަނގަޅުކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް އިނާމެއް ދިނުމަށް ހަމަޖެހިފައި ވެއެވެ. އަދި މި ކުއިޒްގެ ބޮޑު އިނާމު، ޢުމްރާ ދަތުރު ލިބޭނީ، ސުވާލުތަކަށް ރަނގަޅު ޖަވާބު ފޮނުވާ ހުރިހާ ފަރާތްތަކެއްގެ މެދުގައި ނެގޭ ގުރުއަތަކުންނެވެ.