Ads by PNC

ޚަބަރު

ރަމަޟާން މަހުގެ ފަހު ދިހައިގައި އިޤްތިޞާދީ ވުޒާރާގެ ޚިދުމަތްތައް ދޭނެ ގޮތް އިޢުލާންކޮށްފި

ރަމަޟާން މަހުގެ ފަހު ދިހައިގައި އިޤްތިޞާދީ ވުޒާރާގެ ޚިދުމަތްތައް ދޭނެ ގޮތް އިޢުލާންކޮށްފި

އިޤްތިޞާދީ ވުޒާރާގެ ބައްދަލުވުމެއްގެ ތެރެއިން/ފޮޓޯ: ވުޒާރާ

10 މާރިޗު 2026، 12:08

ރަމަޟާން މަހުގެ ފަހު ދިހައިގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ޚިދުމަތްތައް ދޭނެ ގޮތް އެ ވުޒާރާއިން އިޢުލާންކޮށްފި އެވެ.

މި މުއްދަތުގައި ޢާންމުންނާއި ވިޔަފާރިތަކަށް ޚިދުމަތް ދޭނެ އުޞޫލު އެ ވުޒާރާއިން ހާމަކޮށްފައިވަނީ، 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖެއްސެވުމާ ގުޅިގެންނެވެ. އެ ވުޒާރާއިން ވިދާޅުވީ، ރަމަޟާން މަހުގެ 20 އިން 30 އަށް ސަރުކާރު ބަންދުވި ނަމަވެސް، ވިޔަފާރިތަކަށް ބޭނުންވާ މުހިންމު ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން، ވަންގަވް (one.gov.mv) އަދި ބިޒްނަސް ޕޯޓަލް (business.egov.mv) މެދުވެރިކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ޕްރޮސެސް ކުރުމަށް ހަމަޖެހިފައިވަނީ ހުކުރު އަދި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން 11:30 އަށެވެ. ނަމަވެސް، މި މުއްދަތުގައި ޚިދުމަތަށް އެދޭ މިންވަރު އިތުރުވެއްޖެނަމަ، ޕްރޮސެސިންގ ވަގުތަށް ބަދަލު އައުން އެކަށީގެންވާ ކަމަށް އިޤުތިޞާދީ ވުޒާރާއިން ވިދާޅުވިއެވެ. އަދި ވިޔަފާރި ރަޖިސްޓްރީ ކުރުމާ ގުޅޭ މަޢުލޫމާތު ސާފުކުރުމަށް "ލައިވް ޗެޓް" ނުވަތަ ކޮންޓެކްޓް ސެންޓަރުގެ ނަންބަރު 1500 އަށް ގުޅުމުގެ ފުރުޞަތު ހުޅުވާލާފައިވެއެވެ.

މީގެ އިތުރުން، ފޮރިން އިންވެސްޓްމަންޓާ ގުޅޭ އެޕްލިކޭޝަން ފޯމުތައް ހުށަހަޅަންޖެހޭނީ [email protected] އަށް އީމެއިލް މެދުވެރިކޮށްކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ. އަދި މި ދާއިރާގެ މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކުން ހުކުރު، ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު 09:30 އިން 11:30 އަށް 3333181 ނުވަތަ 3333182 ނަންބަރު ފޯނާ ގުޅުއްވުމަށް އެ ވުޒާރާއިން ވަނީ އިރުޝާދު ދެއްވާފައެވެ.

އަދި ވުޒާރާގެ ބޭފުޅުންނާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް އޮންލައިން މީޓިންގތައް އިންތިޒާމު ކުރެވޭނެ ކަމަށާއި، މިފަދަ ބައްދަލުވުމަކަށް އެދިލައްވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުމަށް ވަނީ އެދިފައެވެ.

މިއީ ރަމަޟާން މަހު ފަހު ދިހައިގެ ބަންދު ދުވަސްތަކުގައި ވެސް އެ ވުޒާރާއިން ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށް ބުރޫ ނާރާނެހެން ޢާންމުންނަށް ފަސޭހަކޮށްދިނުމަށް ހަމަޖައްސާފައިވާ އިންތިޒާމުތަކެއްކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450