Ads by PNC

ޚަބަރު

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އެމްބިއުލާންސްތައް މަރާމާތުކޮށް ބެލެހެއްޓުމަށް އެމްޕީއެލްއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އެމްބިއުލާންސްތައް މަރާމާތުކޮށް ބެލެހެއްޓުމަށް އެމްޕީއެލްއާ ހަވާލުކޮށްފި

އެއްބަސްވުމުގައި ސޮއިކުރުން/ފޮޓޯ: އެމްޕީއެލް

10 މާރިޗު 2026، 02:00

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޞިއްޙީ ޚިދުމަތް ދިނުމަށް ބޭނުންކުރާ އެމްބިއުލާންސްތައް މަރާމާތުކޮށް ބެލެހެއްޓުމަށް ޞިއްޙީ ވުޒާރާއިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއާ ހަވާލުކޮށްފިއެވެ.

ޞިއްޙީ ވުޒާރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް އަބްދުالله އެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު މުޢީނެވެ.

ޞިއްޙީ ވުޒާރާއިން ވިދާޅުވީ، މި ނިންމެވުމަކީ ރަށްރަށުގައި ހުރި އެމްބިއުލާންސްތައް މަރާމާތު ނުކުރެވި ގިނަ ދުވަސްވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވަނީ، ބައެއް ރަށްރަށުގައި އެމްބިއުލާންސްތައް މަރާމާތު ނުކުރެވި ގިނަ ދުވަސްވުމުގެ ސަބަބުން، ބޭނުން ނުކުރެވޭ މިންވަރަށް ހަލާކުވެފައިވާކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން، މި އެއްބަސްވުމުގެ ދަށުން މި މައްސަލައަށް އެކަށޭނެ ޙައްލެއް ލިބިގެންދާނެއެވެ.

އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ރާއްޖެއަށް އާ އެމްބިއުލާންސްތައް ގެނައުމުގެ މަސައްކަތް ވެސް ސަރުކާރުން އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450