Ads by PNC

ޚަބަރު

ހުޅުމާލޭ ރެސްޓޯރެންޓެއްގެ މުވައްޒަފުން މުސާރަ ނުދޭތީ އިހުތިޖާޖު ކުރަން ފަށައިފި

ހުޅުމާލޭ ރެސްޓޯރެންޓެއްގެ މުވައްޒަފުން މުސާރަ ނުދޭތީ އިހުތިޖާޖު ކުރަން ފަށައިފި

ފުލުހުންގެ ހެޑްކުއަރޓާސް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 މާރިޗު 2026، 09:36

10 މާރިޗު 2026، 09:36

ހުޅުމާލެ ފޭސް 1 ގައި ހިންގަމުންދާ ރެސްޓޯރެންޓެއްގެ ބައެއް މުވައްޒަފުންނަށް މުސާރަ ނުދޭ ކަމަށް ބުނެ، އެ މުވައްޒަފުން މަސައްކަތް ހުއްޓާލައި އިހުތިޖާޖު ކުރަން ފަށައިފިއެވެ.

މި މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދުގެ ހަވީރު 15:50 ހާއިރުއެވެ.

މި ރިޕޯޓާ ގުޅިގެން ފުލުހުން ވަނީ އެ ރެސްޓޯރެންޓަށް ގޮސް، މުވައްޒަފުންނާއި މެނޭޖްމަންޓާ ބައްދަލުކޮށް މަޢުލޫމާތު ސާފުކޮށްފައެވެ. ފުލުހުން ބުނި ގޮތުގައި، މުސާރައާ ގުޅޭ ގޮތުން އުފެދިފައިވާ މި މައްސަލައިގައި ދެ ފަރާތުގެ ދެމެދުގައި މިހާރު ވެސް މަޝްވަރާތައް ދަނީ ކުރިއަށެވެ.

މީގެ އިތުރުން، މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ކަމާބެހޭ ސަރުކާރުގެ އިދާރާތަކަށް މިހާރު ވެސް ހުށަހަޅާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. ފުލުހުން ވަނީ މި މައްސަލަ ޤާނޫނީ އުސޫލުތަކުގެ ތެރެއިން ހައްލުކުރުމަށް ދެ ފަރާތަށް އިރުޝާދު ދީފައެވެ.

މި ހާދިސާއާ ގުޅިގެން ސަރަޙައްދުގެ އަމަންއަމާންކަން ދެމެހެއްޓުމަށާއި، ޤާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރުމަށް ފުލުހުން ވަނީ އިހުތިޖާޖުގެ ބައިވެރިންނަށް ނަސޭހަތްތެރިވެފައެވެ. ފުލުހުން ހާމަކުރި ގޮތުގައި، މި އިހުތިޖާޖުގެ ތެރެއިން އެއްވެސް ހަމަނުޖެހުމެއް ނުވަތަ ޤާނޫނާ ހިލާފު ޢަމަލެއް ހިނގާފައިވާކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450