Ads by PNC

ޚަބަރު

ބަލިމީހުންގެ ފޮޓޯ ބޭނުންކޮށްގެން ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް އެދިއްޖެ

ބަލިމީހުންގެ ފޮޓޯ ބޭނުންކޮށްގެން ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް އެދިއްޖެ

ބަލިމީހުންގެ ފޮޓޯ ބޭނުންކޮށްގެން ހިންގާ ސްކޭމްތަކަށް އަހުލުވެރިކުރުމަށް ފުލުހުން ކުރި ޕޯސްޓުގައި ބޭނުންކޮށްފައިވާ ސްކްރީންޝޮޓެއް---

farudhun logo

ފަރުދުން

10 މާރިޗު 2026، 11:18

10 މާރިޗު 2026، 11:18

ބަލިމީހުންގެ ފޮޓޯ ބޭނުންކޮށްގެން ހިންގާ ސްކޭމްތައް އިތުރުވާތީ އެކަމަށް ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފިއެވެ.

މިކަމާ ގުޅިގެން ހޭލުންތެރިކުރުމުގެ ގޮތުން ސޯޝަލް މީޑިއާގައި ފުލުހުން ކުރި ޕޯސްޓެއްގައި  ބުނީ، މި ފަހަކަށް އައިސް ފޭސްބުކްގައި، ބަލި މީހުންގެ ފޮޓޯ ބޭނުންކޮށްގެން ސިއްޙީ ފަރުވާއަށް އެހީ ހޯދުމަށް ބޭނުންވެގެން ކުރާ ޕޯސްޓުތައް އިތުރުވެފައިވާއިރު، ބަލިމީހުންގެ ފޮޓޯ ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވެފައިވާ ކަމަށެވެ.

އެގޮތުން އެކި ވެބްސައިޓުތަކުން ބަލި މީހުންގެ ފޮޓޯ ނަގައިގެން ބޭނުންކޮށް، މީހުންގެ އިހުސާސްތަކާ ކުޅެން މަސައްކަތްކުރާ ކަމަށާއި، ކުޑަކުދިންގެ އިތުރުން ބޮޑެތި ބަލިތަކުގެ ވާހަކަ ދައްކައިގެން މީހުންގެ ހަމްދަރުދީ ހޯދުމަށް، މަކަރުން ފައިސާ ހޯދުމަށް މީހުން މަސައްކަތްކުރާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި ފޯން ކޯލްތައް ބްލޮކްކުރުމަކީ ވެސް ސްކޭމަރުންގެ އުކުޅެއް ކަމަށާއި ޕޯސްޓުގައިވާ ނަމްބަރަށް ގުޅުމުން ފޯނު ނުނެގިޔަސް މެސެޖު ކުރުމުން އެ މީހުން ޖަވާބުދޭ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެހެންކަމުން، ސޯޝަލް މީޑިއާއިން ލިބޭ މެސެޖަކުން ނުވަތަ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓަކާ ގުޅިގެން މީހަކަށް އެހީތެރިވާނަމަ، ފައިސާ ފޮނުވުމުގެ ކުރިން އެކަން ޔަޤީން ކުރުމަށް އެ މީހަކާއި ގުޅައިގެން ވާހަކަދައްކައި، އެކަން ޔަޤީން ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

އަދި ޚިއްޞާކޮށްފައިވާ ފޮޓޯއަކީ ޞައްޙަ ފޮޓޯއެއްކަން ކަށަވަރުކުރުމުގެ ގޮތުން ރިސާޗު ކުރުމަށާއި އެކަން ކުރުމަށް ގޫގުލް ރިވާސް އިމޭޖް ސާޗް ބޭނުންކުރެވިދާނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މީގެ އިތުރުން، މަޢުލޫމާތު ޔަޤީންނުވާ އެފަދަ ޕޯސްޓުތައް ޝެއާ ނުކުރުމަށް ވެސް އެންޓި ސްކޭމް ސެންޓަރުން ވަނީ އެދިފައެވެ. މިގޮތުން ޔަގީންނުވާ ޕޯސްޓުތައް ޝެއާކުރުމަކީ އެ މަޅީގައި އެހެން މީހުން ޖެހުމަށް ދެވޭ ދައުވަތެއް ކަމަށާއި އެއީ ކުށްވެރިންނަށް ފައިސާ ދެވެން މެދުވެރިވާ ސަބަބެއް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450