Ads by PNC

ޚަބަރު

ރ. އަލިފުށީގައި 30 އެނދުގެ އައު ހޮސްޕިޓަލް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި

ރ. އަލިފުށީގައި 30 އެނދުގެ އައު ހޮސްޕިޓަލް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި

ރ. އަލިފުށީގައި 30 އެނދުގެ އައު ހޮސްޕިޓަލް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފެށުން ފޮޓޯ: އެމްޓީސީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

11 މާރިޗު 2026، 11:33

11 މާރިޗު 2026، 11:33

ރ. އަލިފުށީގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ 30 އެނދުގެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ރަސްމީކޮށް ފަށައިފިއެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މިހާރު ކުރިއަށްދަނީ ހޮސްޕިޓަލް އިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތްތަކެވެ. މި މަޝްރޫއަކީ ދިވެހި ސަރުކާރުން ގާތްގަނޑަކަށް 128 މިލިއަން ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އާބާދީގައި 3,000 އެއްހާ މީހުން ދިރިއުޅޭ އަލިފުއްޓަކީ އަތޮޅުގެ އެހެން ރަށްތަކާ އެކަހެރިކޮށް އޮންނަ ރަށެކެވެ. މިހާރު އެ ރަށުގައި ސިއްހީ ހިދުމަތް ދެމުންދަނީ ސިއްހީ މަރުކަޒަކުން ކަމަށްވާއިރު، އައު ހޮސްޕިޓަލާއެކު އަލިފުށީގެ އިތުރުން ކައިރީގައި އޮތް ވާދޫގެ ރައްޔިތުންނަށްވެސް ސިއްހީ ހިދުމަތް ހޯދުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ. އަދި ޖާގައިގެ ދަތިކަން ހައްލުވެ، ސްޕެޝަލިސްޓް ޑޮކްޓަރުންގެ ހިދުމަތް ފުޅާވެގެންދާނެ ކަމަށް ސިއްހީ ވުޒާރާއިން ފާހަގަކުރެއެވެ.



މި ހޮސްޕިޓަލަކީ ޒަމާނީ ފެންވަރަށް، ކޯވިޑް ފަދަ ބަލިމަޑުކަމުގެ ހާލަތްތަކުގައިވެސް ހިދުމަތް މެދުނުކެނޑި ކުރިއަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި އައިސޮލޭޝަން ފެސިލިޓީ ހިމެނޭހެން ފަރުމާކޮށްފައިވާ ތަނެކެވެ. މީގެ އިތުރުން، ހަކަތައަށް ކުރާ ހަރަދު ކުޑަކުރުމަށް ކޮންމެ ހޮސްޕިޓަލެއްގައި ސޯލާ ޕީވީ ސިސްޓަމް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހޮސްޕިޓަލުގެ ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަން، މެޑިކަލް އެއަރ އަދި ސަކްޝަންގެ ހިދުމަތް ލިބޭނެއެވެ.

އަލިފުށީ ހޮސްޕިޓަލުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ނ. މަނަދޫ އަދި މ. މުލީ ހޮސްޕިޓަލުގެ މަސައްކަތްތަކާ އެކުގައެވެ. ސިއްހީ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި ތިން ރަށުގައި އައު ހޮސްޕިޓަލްތައް ގާއިމުވެ ހިދުމަތް ދޭން ފެށުމުން، މިހާރު ހުރި ސިއްހީ މަރުކަޒުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެ، އެ ރަށްރަށުގެ ގިންތިއާ އެއްވަރުގެ ފުރިހަމަ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވޭނެއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަތޮޅުތަކުގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ފުޅާކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450