Ads by PNC

ޚަބަރު

މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ރޯދަ ވީއްލުމެއް ބާއްވައިފި

މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ރޯދަ ވީއްލުމެއް ބާއްވައިފި

ރޯދަ ވީއްލުން/ފޮޓޯ: ވުޒާރާ

11 މާރިޗު 2026، 01:34

މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އިންތިޒާމްކޮށްގެން އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރު ވެސް މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ރޯދަ ވީއްލުމެއް ބާއްވައިފިއެވެ.

މެލޭޝިއާގެ ކުއާލަލަންޕޫރުގެ ޖޭ.ޑަމްލިޔު މެރިއެޓް ހޮޓަލުގައި ބޭއްވި މި ރޯދަ ވީއްލުން ސޮޕޮންސަރ ކޮށްދެވީ ދިވެހިރާއްޖޭގެ އަމިއްލަފަރާތެއް ކަމުގައިވާ "ހޯކްސް ޕްރައިވެޓް ލިމިޓެޑް" އިންނެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ، ދިވެހީންގެ އާދަކާދަ އާއެއްގޮތަށް އެކަކު އަނެކަކާ ދިމާވެ އެއްބައިވަންތަކަން އާލާކުރުމުގެ މަޤްޞަދުގައި ކޮންމެ އަހަރަކުވެސް ބޭއްވޭ މި ރޯދަ ވިއްލުމުގައި މި އަހަރުވެސް މެލޭޝިއާގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ ދިވެހިން  ބައިވެރިވެފައިވާ ކަމަށެވެ. އަދި މީގެ ތެރޭގައި ކިޔަވާކުދިން ވެސް ހިމެނޭއިރު، މި ހަފްލާގައި އަލަށް ހޮވުނު މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން، މެލޭޝިޔާ (އެމް.އެސް.އޭ.އެމް) ގެ އެކްސްކޯގައި ހިމެނޭ ދަރިވަރުންގެ ކުރު ތަޢާރަފެއް ވަނީ ދީފައެވެ. އަދި އެމް.އެސް.އޭ.އެމް ގެ ފަރާތުން ކުރިއަށް ރޭވިފައިވާ ޕޮރޮގްރާމްތަކުގެ މަޢުލޫމާތު ކޮމިއުނިޓީއާ ވަނީ ހިއްސާކޮށްފައެވެ.

މީގެ އިތުރުން، ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާއާއި ހެޔޮއެދުންތަކާއެކު، ހައިކޮމިޝަނުގެ މުވައްޒަފުންގެ ފަރާތުން މި ހަފްލާގައި 'ތިޔަބޭފުޅުންގެ ފުރުޞަތު' ނަމުގައި ވަނީ ޚާއްޞަ ނަސީބު ގުރުއަތެއް ކުރިއަށް ގެންގޮސްފައެވެ. މި ގުރުއަތުގެ ދަށުން ޖުމްލަ 11 އިނާމެއް ބައިވެރިންނަށް ހުށަހަޅާފައިވެއެވެ. މި އިނާމުތަކުގެ ތެރޭގައި އަގުހުރި ހަދިޔާތަކެއް ހިމެނުނުއިރު، މީގެ ތެރޭގައި 58 އިންޗީގެ ޓީ.ވީ އެއްވެސް ހިމެނިފައިވެއެވެ.

މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އިންތިޒާމްކޮށްގެން ބޭއްވި މި ރޯދަ ވީއްލުމަށް ދިވެހި ކޮމިއުނިޓީގެ ވަރަށް ހޫނު ތަރުހީބެއް  ލިބުނުކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450