ދުނިޔެ

އީރާނާއެކު ކުރާ ހަނގުރާމަ 'މާލަަސްތަކެއް ނުވެ' ނިމޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ، އިސްރާއީލުން ބުނަނީ ވަގުތު ކަނޑައެޅިފައި ނުވާ ކަމަށް

އީރާނާއެކު ކުރާ ހަނގުރާމަ 'މާލަަސްތަކެއް ނުވެ' ނިމޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ، އިސްރާއީލުން ބުނަނީ ވަގުތު ކަނޑައެޅިފައި ނުވާ ކަމަށް

އީރަނުގެ މަގުތަކަށް މީހުން އެއްވެފައި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 މާރިޗު 2026، 10:53

11 މާރިޗު 2026، 10:53

އެމެރިކާގެ އަސްކަރިއްޔާއިން ބޮން އެޅުމަށް އީރާނުގައި މިހާރު "އަމަލީ ގޮތުން އެއްވެސް އެއްޗެއް ބާކީ ނެތް" ކަމަށާއި، އެހެންކަމުން އީރާނާއެކު ކުރަމުންދާ ހަނގުރާމަ ވަރަށް އަވަހަށް ނިމުމަކަށް އަތުވެދާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

 ބުދަ ދުވަހު އެކްސިއޯސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމުގެ ނިންމުން ކޮންމެ ވަގުތަކުވެސް އެމަނިކުފާނަށް ނިންމެވިދާނެ ކަމަށެވެ.

"އަހަރެން ބޭނުން ކޮންމެ ވަގުތަކު މިކަން ނިމުމަކަށް އަންނާނެ،" ޓްރަމްޕް ވިދާޅުވި ކަމަށް ރިޕޯޓުކޮށްފައިވެއެވެ. ޓްރަމްޕް މިހެން ވިދާޅުވެފައިވީ ނަމަވެސް، އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް ވިދާޅުވީ ހަނގުރާމަ ނިންމާނެ ވަކި ތާރީޚެއް ކަނޑައެޅިފައި ނުވާ ކަމަށެވެ. ކަޓްޒް ވިދާޅުވި ގޮތުގައި ހަނގުރާމައިގެ ހުރިހާ މަގްސަދުތަކެއް ހާސިލްވެ، ކާމިޔާބީ ލިބެންދެން އޮޕަރޭޝަން ކުރިއަށްދާނެއެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވީ ހަނގުރާމަ ކުރިއަށްދަނީ ތާވަލަށްވުރެ މާ ކުރީގައި ކަމަށެވެ. "ހަނގުރާމަ ދަނީ ވަރަށް ރަނގަޅަށް. އަހަރެމެން މި ތިބީ ތާވަލަށްވުރެ މާ ކުރީގައި. ފުރަތަމަ ހަ ހަފްތާގެ ތެރޭގައިވެސް އަހަރެމެން ހީކުރި ވަރަށްވުރެ ބޮޑެތި ގެއްލުންތަކެއް ދީފިން،" އޭނާ ވިދާޅުވިއެވެ. ނަމަވެސް، އެމެރިކާގެ ސަރުކާރުން މިހާތަނަށް ހަނގުރާމަ ނިންމާނެ ސާފު ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.

މި ހަނގުރާމައިގައި އެމެރިކާ އާއި އިސްރާއީލުން އީރާނަށް އެތައް ހާސް ބޮމެއް އުކާފައިވާއިރު، މަދުވެގެން 1,300 މީހުން ވަނީ މަރުވެފައެވެ. އެހެންނަމަވެސް، އީރާނުން ދަނީ އިސްރާއީލަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ޑްރޯން އާއި މިސައިލް ހަމަލާތައް ދެމުންނެވެ. މީގެ އިތުރުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ޓްރަމްޕް އިންޒާރު ދެއްވަމުން ގެންދެވި ނަމަވެސް، ބުދަ ދުވަހުވެސް އެ ސަރަހައްދުން ދަތުރުކުރި ތިން އުޅަނދަކަށް ވަނީ ހަމަލާދީފައެވެ. ޓްރަމްޕް ވިދާޅުވީ ހަނގުރާމަ ނިންމުމުގެ ނިންމުމަކީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ މަޝްވަރާކޮށްގެން ނިންމާނެ "ދެފަރާތުގެ ގުޅިފައިވާ" ނިންމުމެއް ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450