Ads by PNC

ޚަބަރު

މިރޯދަމަހުގެ ތިންވަނަ "އަވައްޓެރި ރޯދަ ވީއްލުން" މިއަދު ހަވީރު ހުޅުމާލޭ ފޭސް 2 ގައި

މިރޯދަމަހުގެ ތިންވަނަ "އަވައްޓެރި ރޯދަ ވީއްލުން" މިއަދު ހަވީރު ހުޅުމާލޭ ފޭސް 2 ގައި

"އަވައްޓެރި ރޯދަ ވީއްލުން" ފޮޓޯ: އެޗްޑީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 މާރިޗު 2026، 11:18

12 މާރިޗު 2026، 11:18

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ "އަވައްޓެރި ރޯދަ ވީއްލުން" ސިލްސިލާގެ ތިންވަނަ ހަރަކާތް މިއަދު ހަވީރު ހުޅުމާލޭ ފޭސް 2 ގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ހުޅުމާލޭގެ ރައްޔިތުން ގުޅިގެން ބާއްވާ މި ރޯދަ ވީއްލުން އޮންނާނީ މިއަދު ހަވީރު 18:00 ގައި، ހުޅުމާލޭ ފޭސް 2 ގެ ހިޔާ ޕާކުގައެވެ. މިއީ މި އަހަރުގެ ރަމަޟާން މަހު އެޗްޑީސީން އިސްނަގައިގެން ބާއްވާ މިފަދަ ތިންވަނަ ބޮޑު ރޯދަ ވީއްލުމެވެ.

މި ސިލްސިލާގެ ފުރަތަމަ ރޯދަ ވީއްލުން ބޭއްވީ އެޗްޑީސީ އާއި އެފްޑީސީ ގުޅިގެން، ހުޅުމާލޭ ފޭސް 2 ގައި ތަރައްގީކޮށްފައިވާ އެފްޑީސީ ފްލެޓުތަކުގެ ރައްޔިތުންނަށް ހާއްސަކޮށްގެންނެވެ. އަދި ދެވަނަ ރޯދަ ވީއްލުން ބާއްވާފައިވަނީ ހުޅުމާލޭ ފޭސް 1 ގެ ހުރަވީ ސްކޫލް ކުރިމަތީގައެވެ.

ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން، އެޗްޑީސީ އާއި ނެއިބަހުޑް ޕޮލިސް އަދި ރައްޔިތުން ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު އާލާކޮށް ދިރުވުމެވެ. މިދިޔަ އަހަރުވެސް އެޗްޑީސީން ވަނީ ރައްޔިތުންނާ ގުޅިގެން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މިފަދަ ކާމިޔާބު ރޯދަ ވީއްލުންތަކެއް ބާއްވާފައެވެ.

އެޗްޑީސީން ބުނި ގޮތުގައި އެ ކޯޕަރޭޝަންގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް ހުޅުމާލޭގެ ރައްޔިތުންނާ ގުޅިގެން މިފަދަ އިޖުތިމާއީ ގިނަ ހަރަކާތްތަކެއް ހިންގުމެވެ. އަދި ހުޅުމާލެއަކީ އެކަކު އަނެކަކަށް އަޅާލާ، ގުޅުން ބަދަހި ރައްޔިތުންތަކެއް ދިރިއުޅޭ ހިތްފަސޭހަ މާހައުލަކަށް ހެދުމަށް އެޗްޑީސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450