ދުނިޔެ

އިސްރާއީލަށް ހަމަލާދިނުމުގައި އީރާނުން ޗައިނާގެ 'ބެއިޑޫ' ނެވިގޭޝަން ނިޒާމު ބޭނުންކުރާ ކަމަށް ބެލެވިއްޖެ

އިސްރާއީލަށް ހަމަލާދިނުމުގައި އީރާނުން ޗައިނާގެ 'ބެއިޑޫ' ނެވިގޭޝަން ނިޒާމު ބޭނުންކުރާ ކަމަށް ބެލެވިއްޖެ

ވެއްޓިފައިވާ މިސައިލެއްގެ ބައެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 މާރިޗު 2026، 11:43

12 މާރިޗު 2026، 11:43

މެދުއިރުމަތީގައި ހުންނަ އިސްރާއީލުގެ ތަންތަނަށާއި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ހަމަލާދިނުމުގައި، އީރާނުން ޗައިނާގެ ވަރަށް ސައްހަ "ބެއިޑޫ"  ސެޓެލައިޓް ނެވިގޭޝަން ނިޒާމު ބޭނުންކުރަމުންދާ ކަމަށް ޖާސޫސީ މާހިރަކު ހާމަކުރައްވައިފިއެވެ.

ފްރާންސްގެ ބޭރުގެ ޖާސޫސީ އިދާރާގެ ކުރީގެ ޑިރެކްޓަރު އަލައިން ޖޫލިއެޓް މި ހަފުތާގައި ފްރާންސްގެ މިނިވަން "ޓޮކްސިން" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ވިދާޅުވީ، އީރާނަށް ޗައިނާގެ ބެއިޑޫ ސެޓެލައިޓް ނިޒާމު ބޭނުންކުރުމުގެ ހުއްދަ ލިބިފައިވާ ކަމަށް ބޮޑަށް ބެލެވޭ ކަމަށެވެ. އޭނާ މިހެން ވިދާޅުވީ، މިދިޔަ ޖޫން މަހު އިސްރާއީލާއެކު ކުރެވުނު 12 ދުވަހުގެ ހަނގުރާމައަށްފަހު އީރާނުގެ ހަމަލާތައް އަމާޒަށް ވާސިލުވުމުގެ ސައްހަކަން ނުވަތަ އެކިއުރެސީ ކުރިއަށްވުރެ ބޮޑަށް އިތުރުވެފައިވާތީއެވެ.

ބެއިޑޫ ނެވިގޭޝަން ނިޒާމަކީ އެމެރިކާގެ ގްލޯބަލް ޕޮޒިޝަނިންގ ސިސްޓަމް  އާ ވާދަކުރުމަށް ޗައިނާއިން އުފައްދާފައިވާ ވަރުގަދަ ނިޒާމެކެވެ. މާހިރުން ދެކޭގޮތުގައި އީރާނުން މި ނިޒާމު ބޭނުންކުރަން ފެށުމަކީ ހަނގުރާމައިގެ މައިދާނުގައި ވަގުތުން ވަގުތަށް ސެޓެލައިޓް މައުލޫމާތު ހޯދުމުގައި އެމެރިކާއިން މިހާތަނަށް ދަމަހައްޓަމުން އައި ބާރު ނިމުމަކަށް އައުމުގެ ނިޝާނެކެވެ.

އީރާނުގެ މިސްރާބު މިހާރު ހުރީ އެމެރިކާގެ ނުފޫޒުން އެއްކިބާވެ، އެ ގައުމުގެ ހަތިޔާރުތަކުގެ ފެންވަރު މަތިކުރުމަށެވެ. މި ބަދަލާއެކު، އިސްރާއީލާއި މެދުއިރުމަތީގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދޭ ހަމަލާތައް ކުރިއަށްވުރެ ނުރައްކާތެރިވެގެންދާނެ ކަމަށް އަސްކަރީ މުހައްލިލުން ލަފާކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450