Ads by PNC

ޚަބަރު

މާވަށުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

މާވަށުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

މާވަށުން މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މުޙައްމަދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 މާރިޗު 2026، 01:09

12 މާރިޗު 2026، 01:09

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި އޮޕަރޭޝަނަކީ މާވަށަކީ މަސްތުވާތަކެތިން ސަލާމަތްވެފައިވާ ސާފު ރަށަކަށް ހެދުމަށްޓަކައި އެ ރަށު ފުލުހުން ކުރިއަށްގެންދާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން ހިންގުނު އޮޕަރޭޝަނެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. މާވަށް، ބޭސްގެ، މުޙައްމަދު އިބްރާހީމް (43އ) އެވެ. ފުލުހުން ވިދާޅުވި ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގެ ރޭ މާވަށު ފުލުހުން ރަށް ޕެޓްރޯލް ކުރަމުން ދިޔައިރު، އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައި ފާސްކުރުމުގެ ތެރޭގައެވެ.

އޭނާ ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 63 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ހާމަކުރައްވައެވެ. މިއީ އެ ރަށުގައި މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ކުރެވޭ މަސައްކަތަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި ފުލުހުން ފާހަގަކުރެއެވެ.

މި މައްސަލައާ ގުޅިގެން މުޙައްމަދު އިބްރާހީމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ވަނީ ޖަހާފައެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450