Ads by Exprox

ޚަބަރު

އެޗްޑީސީގެ ޚިއްސާ އާންމުންނަށް ވިއްކަނީ!

އެޗްޑީސީގެ ޚިއްސާ އާންމުންނަށް ވިއްކަނީ!

ހުޅުމާލެ ޑިވަލޮޕްމެންޓް ކޯޕަރޭޝަން. ފޮޓޯ: ދަ އެޑިޝަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ސެޕްޓެމްބަރު 2024، 08:06

01 ސެޕްޓެމްބަރު 2024، 08:06

ހައުސިންގ ޑިވަލޮޕްމެންޓް ކޯޕަރޭޝަން، ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް އެކުންފުނީގެ ޙިއްސާ އާންމުންނަށް ވިއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. 

މިކަން އިޢުލާނު ކޮށްފައިވަނީ މިއަދު ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. 

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހައުސިން، ލޭންޑް، އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. އަލީ ހައިދަރު ވިދާޅުވީ އެޗްޑީސީގެ ޙިއްސާ އާންމުންނަށް ވިއްކުމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ބޭނުންފުޅުވާކަމަށެވެ.

"ވަރަށް އުއްމީދީ އެހެން ވާހަކައެއް އަޅުގަނޑު ދަންނަވާލަފާނަން.. މިއަދު އަދި ކެބިނެޓުގައި ނުނިންމެވިނަމަވެސް ރައީސް ވިސްނަވާފައި އޮތީ އެޗްޑީސީއަކީ އާއްމުންގެ ހިއްސާވެސް އޮންނަ ކުންފުންޏަކަށް ބަދަލުކުރަން" ވަޒީރު ޑރ. ހައިދަރު ވިދާޅުވިއެވެ.

ބޯހިޔާވަހިކަމާއި އާބަން ޑިވެލޮޕްމެންޓްގެ ރިއަލް އެސްޓޭޓްގެ ވިޔަފާރީގައި ރާއްޖޭގައި އެންމެ ކުރީގައި އެޗް.ޑީ.ސީ އުފެއްދީ، 2001 ވަނަ އަހަރުއެވެ،އެޗްޑީސީން ހިންގާފައިވާ ކާމިޔާބު ޕްރޮޖެކްޓްތަކުގެ ތެރޭގައި ހުޅުމާލެ، ކުޑަގިރި، އާބަން އައިލް ހިމެނެއެވެ.

 

މި ލިޔުން ކިޔާލުމުން

Ads by Stelco