ދުނިޔެ

އީރާނުގައި މަރުވި ދަރިވަރުންގެ އާއިލާތަކަށް އެހީތެރިވުމަށް ޗައިނާއިން ނިންމައިފި

އީރާނުގައި މަރުވި ދަރިވަރުންގެ އާއިލާތަކަށް އެހީތެރިވުމަށް ޗައިނާއިން ނިންމައިފި

ޗައިނާއިން އީރާނަށް މުދާ އުފުލާ ބޯޓެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 މާރިޗު 2026، 04:20

13 މާރިޗު 2026، 04:20

އީރާނަށް ދެމުންދާ ހަމަލާތަކުގައި މަރުވި ދަރިވަރުންގެ މައިންބަފައިންނަށް އެހީތެރިވުމުގެ ގޮތުން ޗައިނާއިން ކުއްލި އިންސާނީ އެހީ ފޯރުކޮށްދޭން ނިންމައިފިއެވެ.

 ޗައިނާގެ ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި، ރެޑް ކްރޮސް ސޮސައިޓީ އޮފް ޗައިނާ މެދުވެރިކޮށް އީރާނުގެ ރެޑް ކްރެސެންޓް ސޮސައިޓީއަށް 200,000 އެމެރިކާ ޑޮލަރު ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.

މި އެހީއަކީ ހަނގުރާމައިގެ ތެރޭގައި ފުރާނަ ގެއްލިފައިވާ ދަރިވަރުންގެ މައިންބަފައިންނަށް ހާއްސަކޮށްގެން ދެވޭ އެހީއެއް ކަމަށް ޗައިނާ ސަރުކާރުން ބުނެއެވެ. ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ގުއޯ ޖިއާކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، "އާންމު ރައްޔިތުންނަށް އަމާޒުކޮށް ވަކި ބައެއް ބެލުމެއްނެތި ދޭ ހުރިހާ ހަމަލާތަކެއް ބެއިޖިންއިން ކުށްވެރިކުރާ" ކަމަށެވެ.

އީރާނުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފެބްރުއަރީ 28 ވަނަ ދުވަހުން ފެށިގެން އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 1,444 މީހުން ވަނީ މަރުވެފައެވެ.

މީގެ އިތުރުން މި ހަމަލާތަކުގައި 18,551 މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށްވެސް އީރާނުގެ ސިއްހީ ވުޒާރާއިން ވަނީ ރިޕޯޓުކޮށްފައެވެ. ޗައިނާގެ މި އެހީއަކީ މި ނުރައްކާތެރި ހާލަތުގައި އީރާނުގެ ރައްޔިތުންނަށް ލިބޭނެ ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ކަމަށް ބެލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450