ޚަބަރު
ހުޅުމާލެ ހޮސްޕިޓަލްގެ އީއާރް ބޮޑުކުރުމަށް އާރްޑީސީ އާ ހަވާލުކޮށްފި
ހުޅުމާލެ ހޮސްޕިޓަލާއި އާރްޑީސީ އާއި ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ: ހުޅުމާލެ ހޮސްޕިޓަލް
ހުލާސާ
ހުޅުމާލެ ހޮސްޕިޓަލުގެ އެމަރޖެންސީ ރޫމް ބޮޑު ކުރުމަށް ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލުކޮށްފިއެވެ.
ހުޅުމާލެ ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލްގެ އިމަޖެންސީ އަދި ޖީއޯޕީޑީ ޚިދުމަތް ހޯދި މީހުންގެ ޢަދަދު 250،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށެވެ. އެހެންކަމުން އެ ޚިދުމަތް ފުޅާކުރުމަށްޓަކައި ސިވިލް ވޯކް އެންޑް އިންޓީރިއާ ފިނިޝިންގެ މަސައްކަތް 60 ދުވަސް ތެރޭގައި ނިންމަން އާރުޑީސީ އާއި ހަވާލުކޮށްފައިވާކަމަށެވެ.
we signed the agreement with @rdcmaldives for the expansion of our Emergency Room, with fully functional 14 beds and advanced diagnostic capabilities. The upgraded ER will be equipped to handle a wide range of critical conditions from trauma and accidents to medical emergencies. pic.twitter.com/iiHBZnIqz1
— Hulhumalé Hospital (@HMH_mv) November 18, 2024
ހުޅުމާލެ ހޮސްޕިޓަލްގައި މިހާރު ހުންނަނީ އިމަޖެންސީ ފަރުވާދޭ ހަތް އެނދެވެ.
ނަމަވެސް މި މަޝްރޫޢުގެ ދަށުން ޒަމާނީ ވަސީލަތްތަކާ އެކު 14 އިމެޖަންސީ އެނދާއި ކްރިޓިކަލް ޙާލަތްތަކުގައި ފަރުވާ ދިނުމަށް ޚާއްސަ ކުރެވޭ ރިސަސްއެއް ޤާއިމް ކުރެވޭނެ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ހުޅުމާލެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލު ކޮށް ގިނަ ޚިދުމަތްތަކަކާއި އެކު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަނީ ހުޅުވައިދެއްވައިފައެވެ.