ޚަބަރު
މަސްތުވާތަކެތި ޓްރެފިކްކުރި މައްސަލައެއްގައި ހިމެނޭ ބިދޭސީއަކު އުމުރަށް ޖަލަށްލުމަށް ޙުކުމްކޮށްފި
މަސްތުވާތަކެތި ޓްރެފިކްކުރި މައްސަލައެއްގައި ޙުކުމްކުރި ސޮހަބް މިއާ---
ފަރުދުން
15 މާރިޗު 2026، 11:05
15 މާރިޗު 2026، 11:05
ދިވެހިރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކްކުރި މައްސަލައެއްގައި ހިމެނޭ ބިދޭސީއަކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
މި މައްސަލައިގައި ދިވެހި ފުލުހުންގެ ޚިދުމަތުން ދަޢުވާ އުފުލާފައި ވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމް.ޑީ ސޮހަބް މިއާގެ މައްޗަށެވެ.
ސޮހަބް މިއާ ދިވެހި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 2024 ޖޫން 28 ވަނަ ދުވަހުއެވެ. އެއީ އެ ދުވަހު ޔޫ.އެސް. ބަންގްލާ އެއާލައިންސްގެ BS337 ފްލައިޓުން ރާއްޖެ އައިއިރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އޭނާގެ ފޮށިތަންމަތި އެކްސް-ރޭ ކުރުމުގެ ތެރޭގައި އޭނާ ގެންގުޅުނު ލެޕްޓޮޕް ދަބަހެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޕެކެޓެއް ފެނިފައިވާ މައްސަލައާ ގުޅިގެންނެވެ.
ފުލުހުން އިތުރަށް ބެލިއިރު އެއީ މެތައެމްފަޓަމިން ކަން ވަނީ ކަށަވަރުވެފައެވެ. އެ ތަކެތީގެ ބަރުދަނުގައި 535.6632 ގްރާމްގެ ހުއްޓެވެ.
މި މައްސަލަ ބެލުމަށްފަހު، ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާފައެވެ. އެހެންކަމުން، މައްސަލައާ ގުޅިގެން ކުރީގެ މަރުހަލާތަކުގައި ބަންދުގައި ހުރި މުއްދަތު ކެނޑުމަށްފަހު، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން އޭނާ 23 އަހަރާއި 3 މަހާއި 25 ދުވަހަށް ޖަލަށްލުމަށާއި، 100,000 ދިވެހި ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ހުކުމްކޮށްފައެވެ.