ޚަބަރު
ހޯރަފުށިން ބުޅަލަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ
މާލޭގެ މަގުމަތީގައި އޮތް ބުޅަލެއް / ފޮޓޯ: މިހާރު
ފަރުދުން
15 މާރިޗު 2026، 02:24
15 މާރިޗު 2026، 02:24
ހއ. ހޯރަފުށިން ބުޅަލަކަށް އަނިޔާކުރި މައްސަލައެއް ބަލަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
އެ އިދާރާގެ މީޑިއާ އޮފިޝަލް މަޢުލޫމާތު ދެއްވި ގޮތުގައި، މި މައްސަލައަކީ 2026 މާރިޗު 12 ވަނަ ދުވަހުގެ ރޭ 19:06 ހާއިރު ރިޕޯޓުކޮށްފައިވާ މައްސަލައެކެވެ.
އަދި މި މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އެ މައްސަލައާ ގުޅުންހުރި ތިން މީހަކާ ސުވާލުކޮށް ތަހުޤީޤުގެ ބޭނުމަށް ބަޔާން ނަގާފައިވާކަމަށް ވަނީ ހާމަކޮށްފައެވެ.
ދިވެހިރާއްޖޭގެ ޤާނޫނުލްއުގޫބާތުގައިވާ ގޮތުން، ޖަނަވާރުންނަށް އަނިޔާކުރުމަކީ ކުށެކެވެ. އަދި އެ ކުށް ސާބިތުވެއްޖެނަމަ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށް ލުމެވެ.