Ads by Exprox

ޚަބަރު

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ފަރުމަސްވެރިކަމުގެ މުބާރާތެއް ބާއްވަނީ

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ފަރުމަސްވެރިކަމުގެ މުބާރާތެއް ބާއްވަނީ

ރާއްޖޭގައި ބާނާފައިވާ މަސް ފޮޓޯ:ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 ނޮވެމްބަރު 2024، 10:57

19 ނޮވެމްބަރު 2024، 10:57

މަސްްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފަރުމަސްވެރިކަމުގެ މުބާރާތެއް  ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ.

މި މުބާރާތަކީ ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ނުވަތަ އަމިއްލަގޮތުން ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިނިސްޓްރީން ދީފައިވާ ލިންކު މެދުވެރިކޮށް ގޫގުލް ފޯމް ފުރިހަމަކުރަންވާނެއެވެ.

މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގައި މެނޭޖަރެއް ހިމެނޭގޮތަށް 13 މެންބަރުންނަށްވުރެ ގިނަވެގެން ނުވާނެއެވެ. މުބާރާތުގައި ބޭނުންކުރާ އުޅަނދަކީ ކަނޑުދަތުރުފަތުރުކުރުމަށް ރަޖިސްޓަރީކޮށްފައިވާ އުޅަނދަކަށް ވާންޖެހޭއެވެ. 

މުބާރާތުގައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވަނީ ބޭނި މަހުގެ ބާވަތާއި ބަރުދަނަށް ބަލައިގެންނެވެ. މުބާރާތުގައި 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވައި، ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތަކީ ވާދަވެރި މާޙައުލެއްގައި މަސްވެރިކަން ކުރުމާއި މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ހުށައަޅަންޖެހޭ ފޯމް އަދި ގެޒެޓް ކުރެވިފައިވާ ޢިއުލާން  އަދި 

އިއުލާން: https://fisheries.gov.mv/dv/media/announcements/47

އެޕްލިކޭޝަން ފޯމް:https://forms.gle/yQv69Woz2449qL3T8


                    

މި ލިޔުން ކިޔާލުމުން

Ads by Stelco