ދުނިޔެ

އިސްރާއީލުގެ މިނިސްޓަރުގެ ދަރިފުޅު ޝޯޝާނާ ސްޓްރޮކް މަރުވެފައި އޮއްވާ ފެނިއްޖެ

އިސްރާއީލުގެ މިނިސްޓަރުގެ ދަރިފުޅު ޝޯޝާނާ ސްޓްރޮކް މަރުވެފައި އޮއްވާ ފެނިއްޖެ

އިސްރާއީލުގެ މިނިސްޓަރުގެ ދަރިފުޅު ޝޯޝާނާ ސްޓްރޮކް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 މާރިޗު 2026، 12:53

16 މާރިޗު 2026، 12:53

އިސްރާއީލުގެ ސެޓްލްމަންޓް މިނިސްޓަރު އޮރިޓް ސްޓްރޮކްގެ ދަރިފުޅު، ޝޯޝާނާ ސްޓްރޮކް، އޭނާގެ އާއިލާގެ މެންބަރުންނާއި ދީނީ އިސްވެރިންގެ ފަރާތުން ލިބުނު ޖިންސީ އަނިޔާތަކުގެ ވާހަކަ އާންމުކުރިތާ ހަފުތާތަކެއް ފަހުން މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

 އުމުރުން އެންމެ ދެ އަހަރާއި ބައިން ފެށިގެން އޭނާއަށް ލިބެމުންދިޔަ ލާއިންސާނީ އަނިޔާތަކުގެ ތަފްސީލުތައް އޭނާ ވަނީ މަރުވުމުގެ ކުރިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

ޝޯޝާނާގެ ބަޔާނުގައި ބުނެފައިވަނީ އޭނާއަށް ލިބުނު އަނިޔާތަކަކީ އޭނާގެ އަމިއްލަ ވަންތަކަން ނައްތާލުމަށް ހިންގި "ސޭޑިސްޓިކް ރިޗުއަލްތަކެއް" ކަމަށެވެ. އަދި މިކަމުގައި ނުފޫޒުގަދަ ރައްބީންނާއި ކްނެސެޓްގެ މެންބަރުން ހިމެނޭކަން ފާހަގަކޮށް އޭނާ ލިޔެފައިވެއެވެ: "އަހަރެން އަމިއްލައަށް މަރުވީ ކަމަށް އެމީހުން ބުނެފިނަމަ، އެކަން ގަބޫލުނުކުރާށެވެ." އޭނާ ވަނީ އޭނާގެ ބައްޕަ އަވްރަހަމް ސްޓްރޮކް އާއި މަޝްހޫރު ރައްބީ ޒްވީ ތާއޫގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ.

ޖިންސީ އަނިޔާއާއި 'ކޮންވާޝަން ތެރަޕީ' ގެ ތުހުމަތުތައް
ޖެނުއަރީ 12 ގައި ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ޝޯޝާނާ ބުނެފައިވަނީ، އޭނާގެ ޖިންސީ ތަބީއަތު ބަދަލުކުރުމަށް (ކޮންވާޝަން ތެރަޕީ) މަޖުބޫރުކޮށް، ގިނަ އަދަދެއްގެ ފިރިހެނުންނާއި ކުޑަކުދިން ބޭނުންކޮށްގެން އޭނާއަށް ނަފްސާނީ އަދި ޖިސްމާނީ އަނިޔާ ދީފައިވާ ކަމަށެވެ. މި އަމަލުތަކަކީ އޭނާގެ ބައްޕައާއި ރައްބީ ތާއޫ އިސްވެ ތިބެ ހިންގި ކަންތައްތަކެއް ކަމަށް އޭނާ ތުހުމަތުކުރިއެވެ.

މީގެ އިތުރުން، އޭނާގެ ފުރާވަރު އުމުރުގައި އާއިލާއިން އޭނާ ލައްވައި ހަށިވިއްކުވައިގެން ފައިސާ ހޯދާފައިވާ ކަމަށާއި، އޭނާގެ މައިންބަފައިންނާއި ބޭބެއަކު އޭނާ ރޭޕްކޮށްފައިވާ ކަމަށްވެސް ޝޯޝާނާ ބުނެފައިވެއެވެ. އޭނާ ބުނި ގޮތުގައި މި އަނިޔާތަކުގެ ސަބަބުން އޭނާގެ ކޮއްކޮމެންނަށްވެސް ބޮޑެތި ޖިސްމާނީ އަނިޔާތަކެއް ލިބިފައިވެއެވެ.

މި މައްސަލަ އިސްރާއީލުގައި ބޮޑު ސަމާލުކަމެއް ހޯދާފައިވަނީ ތުހުމަތު ކުރެވޭ ފަރާތްތަކުގެ ނުފޫޒުގެ ސަބަބުންނެވެ. ރައްބީ ޒްވީ ތާއޫ އަކީ އިސްރާއީލުގެ ނޭޝަނަލިސްޓް ރިލިޖަސް މޫވްމަންޓްގެ އިސް ބޭފުޅެއްގެ އިތުރުން، ކްނެސެޓްގައި ތަމްސީލުކުރާ ނޯއަމް ޕާޓީގެ ރޫހީ މޭސްތިރިއެވެ.

މަރުވުމުގެ ކުރިން ޝޯޝާނާ ބުނެފައިވަނީ އޭނާގެ ފުރާނައަށް ނުރައްކާ އޮތް ކަމަށް އިހުސާސްކުރެވޭ ކަމަށާއި، ދާދި ފަހުންވެސް އޭނާގެ ބައްޕައާއި އެކުވެރިން އޭނާ ރޭޕްކޮށްފައިވާ ކަމަށެވެ. އޭނާ ވަނީ މި މައްސަލައިގައި އިންސާފު ހޯދުމަށް އިޓަލީގައި ރަސްމީކޮށް މައްސަލަވެސް ހުށަހަޅާފައެވެ. ޝޯޝާނާގެ މަރާއެކު އިސްރާއީލުގެ ދީނީ އަދި ސިޔާސީ ދާއިރާގައި ހުރި މިފަދަ ނުބައި އަމަލުތަކުގެ ބަހުސް ވަނީ އަލުން ހޫނުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450