ދުނިޔެ

ސައުދީގެ ތެޔޮ މަރުކަޒުތަކަށް ދިން ހަމަލާތަކުގައި ބައިވެރިނުވާކަމަށް އީރާނުން ބުނެފި

ސައުދީގެ ތެޔޮ މަރުކަޒުތަކަށް ދިން ހަމަލާތަކުގައި ބައިވެރިނުވާކަމަށް އީރާނުން ބުނެފި

ސައުދީގައި ހުންނަވާ އީރާނުގެ ސަފީރު އަލީރޭޒާ އިނާޔަތީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 މާރިޗު 2026، 12:53

16 މާރިޗު 2026، 12:53

ސައުދީ އަރަބިއްޔާގެ ތެޔޮ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ފަހަތުގައި އީރާނުގެ އަތެއް ނުވާނެ ކަމަށް، ސައުދީގައި ހުންނަވާ އީރާނުގެ ސަފީރު އަލީރޭޒާ އިނާޔަތީ ވިދާޅުވެއްޖެއެވެ.

ސަފީރު ވިދާޅުވީ އެފަދަ ހަމަލާއެއްގެ ފަހަތުގައި އީރާނު އޮތް ނަމަ، އެކަން ރަސްމީކޮށް އިއުލާން ކުރާނެ ކަމަށެވެ.

ރޮއިޓާސް ނިއުސް އެޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައި އިނާޔަތީ ވިދާޅުވީ، ހިނގަމުންދާ ހަނގުރާމައިގައި އީރާނުން ހަމަލާ ދެމުންދަނީ ހަމައެކަނި އެމެރިކާ އާއި އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކަށާއި މަސްލަހަތު އޮތް ތަންތަނަށް ކަމަށެވެ. ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން، އީރާނުން ވަނީ ސައުދީ އަރަބިއްޔާ، ގަތަރު، ބަހްރޭން، އުރުދުން، އިރާގު އަދި ޔޫއޭއީގައި ހުރި އެމެރިކާ އާއި އިސްރާއީލުގެ އަސްކަރީ ވަސީލަތްތަކަށް ރައްދުގައި ހަމަލާދީފައެވެ.

ތެޔޮ މަރުކަޒުތަކަށް ދިން ހަމަލާތައް
ވޭތުވެދިޔަ ހަފުތާގައި ރައުސް ތަނޫރާ ތެޔޮ ސާފުކުރާ ކާރުޚާނާއަށް ޑްރޯން ހަމަލާއެއް އަމާޒުވެ، އެތަނުގައި ރޯވި އަލިފާނުގެ ސަބަބުން މަސައްކަތް ހުއްޓާލަން ޖެހުނެވެ. މީގެ އިތުރުން ޔޫއޭއީ ބޯޑަރު ކައިރީގައި އޮންނަ ޝައިބާ ތެޔޮ ބިމަށް ވެސް ހަމަލާ ދޭން މަސައްކަތް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، ސައުދީގެ ދިފާއީ ވުޒާރާއިން މިހާތަނަށް މި ހަމަލާތަކުގެ ޒިންމާ ވަކި ބައެއްގެ ބޮލުގައި އަޅުވާފައެއް ނުވެއެވެ.

އީރާނުގެ ސަފީރު ވިދާޅުވީ ސައުދީގެ އޮފިޝަލުންނާ އެކު ގާތް ގުޅުމެއް ބާއްވަމުންދާ ކަމަށާއި، ދެ ގައުމުގެ ގުޅުން ބަދަހިވަމުން އަންނަ ކަމަށެވެ. އަދި ސައުދީގެ އެއްގަމާއި، ކަނޑާއި، ވައިގެ ސަރަހައްދު އީރާނަށް ހަމަލާ ދިނުމަށް ބޭނުން ނުކުރާނެ ކަމުގެ ޔަގީންކަން ސައުދީން ދީފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. އީރާނާއި ސައުދީން ސިޔާސީ ގުޅުން އަލުން ގާއިމުކުރީ 2023 ވަނަ އަހަރު ޗައިނާގެ މެދުވެރިކަމުގައެވެ.

ސަރަހައްދީ ގުޅުމާއި ތަހުގީގު
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވެސް ވަނީ އީރާނުން އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ހަމަލާދޭ ކަމަށް ބުނާ ވާހަކަތައް ދޮގުކުރައްވާފައެވެ. އަދި މިފަދަ ހަމަލާތަކުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތައް ހޯދުމަށް އަވަށްޓެރި ގައުމުތަކާ ގުޅިގެން ކޮމިޓީއެއް އުފެއްދުމަށް ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަހަރެމެންނަކީ އަވަށްޓެރިން، އަދި އެކަކު އަނެކަކާ ނުލައި ނޫޅެވޭނެ،" އިނާޔަތީ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ސަރަހައްދުގެ ގައުމުތަކުން ބޭރުގެ ބާރުތަކަށް މާބޮޑަށް ބަރޯސާވުމުގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށާއި، ގަލްފް ކައުންސިލްގެ މެންބަރުންނާއި އިރާގާއި އީރާނާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރަންޖެހޭ ކަމަށެވެ.

ސަރަހައްދީ މަސްދަރުތަކުން ބުނާ ގޮތުގައި، އެމެރިކާއިން އެ ގައުމުތައް ހަނގުރާމައެއްގެ ތެރެއަށް ވައްދަމުންދާތީ ގިނަ ގައުމުތަކެއްގެ ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި އެމެރިކާ އާއި އިސްރާއީލުން ހަމަލާތައް ހުއްޓާލަންޖެހޭ ކަމަށް އީރާނުން ބުނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450